
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ޔަހޫދީން އަދިވެސް ދެކޮޅު ކަމަށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ އެ ކަން އިޢުލާނުކޮށްފައި ވަނީ ޔަހޫދީ ސަރުކާރުގައި ހިމެނޭ ހަރުކަށި ޕާޓީތަކުން އޭނާއާމެދު ހިތްހަމަ ނުޖެހި ބަސްބުނަމުންދާ ދަނޑިވަޅެއްގައެވެ. އދން ވަނީ ފަލަސްޠީނުގެ މިނިވަންކަން ޤާއިމް ކުރުމާ ގުޅޭ ޤަރާރެއްގެ ދެލިކޮޕީއެއް ހުށަހަޅައިފައެވެ. އެ ދެލިކޮޕީ ބިނާކޮށްފައި ވަނީ ޣައްޒާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް ހިމެނޭ ރޭވުމެއްގެ މައްޗަށެވެ. އެމެރިކާއާއި އިސްލާމީ ޤައުމުތަކުން އެ ދެލިކޮޕީއަށް ތާއީދުކޮށްފަައިވާއިރު އދގެ ސަލާމަތީ މަޖިލީހުން އެ ދެލިކޮޕީއާ ގުޅޭ މަޝްވަރާތައް ނޮވެމްބަރު މަހުގެ 7ވަނަ ދުވަހު ވަނީ ފަށައިފައެވެ.
އދން ތައްޔާރުކޮށްފައިވާ ދެލިކޮޕީގައި ހިމެނޭ އެންމެ މައިގަނޑު އެއް ހުށަހެޅުމަކީ ޣައްޒާގައި ޞުލްޙަ ޤާއިމް ކުރުމަށްޓަކައި ޓްަރަމްޕް ހުށަހަޅުއްވާފައިވާ ގޮތަށް އިންތިޤާލީ ސަރުކާރެއް ޤާއިމްކުރުމާ ގުޅޭ ހުށަހެޅުމެވެ. އެ ގޮތުން ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އިމާރާތްކޮށް އާރާސްތުކުރުމަށާއި އިޤްތިޞާދު ކޮޅަށް ޖެހުމަށް އިންތިޤާާލީ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ. ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ ތެރޭަގައި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)އަށް އިސްލާހުތައް ގެނެސްފި ނަމަ ފަލަސްޠީނުގެ ރައްޔިތުން އެދޭ ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.ނަމަވެސް އެ ނުކުތާ ވެގެން ދިޔައީ ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ޕާޓީތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ނުކުތާއަކަށެވެ. އެ ޕާޓީތަކަކީ އެމެރިކާއިން އިސްވެ އޮވެ އެކުލަވާލި ޣައްޒާގައި ޙަމަލާބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލި ޕާޓީތަކެވެ.
ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނައެޅި ވަޒީރުން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހެދުމަށް ނަތަންޔާހޫއަށް ގޮވާލައިފައެވެ. އެ ގޮތަށް ޢަމަލު ނުކޮށްފިނަމަ ސަރުކާރުގެ އިއްތިޙާދުން ވަކިވާނެ ކަމުގެ އިންޒާރު ވެސް ބައެެއް ވަޒީރުން ދީފައިވެއެވެ. ސަރުކާރުގެ އިއްތިޙާދުގައި ހިމެނޭ ހަރުކަށި ޕާޓީތައް އިއްތިހާދުން ވަކިވެއްޖެ ނަމަ 2026 އަހަރުގެ އޮކްޓޯަބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީންގެ އިންތިޚާބުގެ ކުރިން ނަތަންޔާހޫގެ ސަރުކާރު ރޫޅުން އެކަށީގެންވެއެވެ. ދެލިކޮޕީގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤަާއިމްކުރުމާ ގުޅޭގޮތުން އޮތް ހުށަހެޅުންތަކާމެދު ހިތްހަމަނުޖެހި ޔަހޫދީ ސިޔާސީ ޕާޓީތަކުން ދެކޮޅުހެދުމުން، އޭގެ ދެ ދުވަސް ފަހުން ނަތަންޔާހޫ ވަނީ އދގެ ހުށަހެޅުމަށް ޔަހޫދީން ތާއީދު ނުކުރާ ކަމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެެއް އޮތުމަށް ބޭނުން ނުވާ ކަމަށް އިޢުލާނުކޮށްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ދެ އަހަރަށް ފަހު ނިމުމަމަށް އައީ ޓްރަމްޕްގެ ހުށަހެޅުއްވުމުގެ ސަބަބުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނަތަންޔާހޫ އެމެރިކާއަށް ކުރި ޒިޔާރަތެއްގައި އެ ހުށަހެޅުން ވަނީ ބަލައިގެންފައެވެ. ނަމަވެސް އޭގެ ފަހުން ފަލަސްޠީނުގެ މިނިވަން ދައުލަތަކާ ގުޅޭގޮތުން ނަތަންޔާހޫ ބަހެއް ބުނެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
