
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއެކު މިވަގުތު ހަމަހަމަ އަދި އިންސާފުވެރި މަޝްވަރާތަކެއް ކުރެވިދާނެ މާޙައުލެއް އޮތް ކަމަށް ޤަބޫލުނުކުރައްވާކަމަށް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އަނެއްކާވެސް މަޝްވަރާތައް ވަރަށް އަވަހަށް ފެށިދާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވަނިކޮށެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އޭގެ ކުރިން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ. ނަމަވެސް، އީރާނަށް ޙަމަލާދިނުމާ އެކު އެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ. އީރާންގެ ވެރިރަށް ތެޙްރާންގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވި ގޮތުގައި، ޙަމަލާދީގެން ޙާޞިލް ނުކުރެވުނު ނަތީޖާ، މަޝްވަރާގެ ތެރެއިން ޙާޞިލް ކުރެވިދާނެކަމަށް އެމެރިކާއިން އުއްމީދުކޮށްގެން ނުވާނެކަމަށެވެ.
މަޝްވަރާގެ ރިވެތި އުޞޫލަށް އީރާނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށާއި، ނަމަވެސް، މަޝްވަރާގެ ނަމުގައި މަޖުބޫރުން ކަމެއް ކުރުވަން ފުރުޞަތު ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ޔަހޫދީންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
