
(ފޮޓޯ ކްރެދިޓްސް: ރޮއިޓާރސް)
އަޅުވެތިކަމާއި އިސްތިޢުމާރު ކުރުމުގެ ތާރީޚީ އަނިޔާތަކުގެ އިތުރުން އެކަމުގެ ސަބަބުން ޖީލުތަކަށް ދިގުދެމިގެން ގޮސްފައިވާ އަސަރުތަކާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން ސިޔާސީ ބޭފުޅުންނާ މި ހަފްތާގައި ކެރިބިއަން ކޮމިއުނިޓީ (ކެރިކޮމް) ރިޕެރޭޝަންސް ކޮމިޝަންގެ ވަފުދެއް މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ. ތާރީޚީ ލިޔުންތަކުން ފެންނަ ގޮތުގައި، 15 ވަނަ ގަރުނުން ފެށިގެން 19 ވަނަ ގަރުނާ ހަމައަށް، ގާތްގަނޑަކަށް 12.5 މިލިއަން އެފްރިކާ މީހުން ރަހީނުކޮށް، ވިލާތުގެ ބޯޓުތަކުގައި ގަދަކަމުން ގެނެސް، އަޅުވެތިކަމަށް ވަނީ ވިއްކާލައިފައެވެ. އެ ކަޅު ތާރީޚުގެ ސަބަބުން މިހާރު ވެސް ދުނިޔެ ތަޙައްމަލް ކުރަމުންދާ ނަސްލީ ތަފާތުކުރުން ފަދަ ނޭދެވޭ ކަންތައްތައް ޙައްލުކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް، މިކަމާ ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ.
ޚާއްސަކޮށް ބާބަޑޯސް އާއި ޖެމެއިކާ ހިމެނޭ 15 މެމްބަރު ޤައުމު ހިމެނޭ ކެރިކޮމް އާއި އެފްރިކަން ޔޫނިއަން (އޭޔޫ)ގެ މެދުގައި މި މާޒީއަށް އެއްބަސްކުރުވައި، ބަދަލު ދިނުމަށް ގޮވާލާ ގޮވާލުންތަކުގެ އަޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ގަދަވެފަ އެވެ. މިކަމަށްޓަކައި ކެރިކޮމުން ޕްލޭނެއް އެކުލަވާލާފައިވާއިރު، އޭގެ ތެރޭގައި ރަސްމީކޮށް މަޢާފަށް އެދުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ދަރަނި މަޢާފްކުރުމާއި ފައިސާގެ ބަދަލު ދިނުމަށް ގޮވާލުން ހިމެނެއެވެ. ބަދަލު ދިނުމާ ދެކޮޅަށް ވެސް ފާޑުކިޔުންތައް އިތުރުވަމުން އަންނައިރު، ޔޫރަޕްގެ ގިނަ ލީޑަރުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަންވެސް ދެކޮޅު ހައްދައި، ވިދާޅުވަމުން ގެންދަވަނީ، އަދުގެ ދައުލަތްތަކާއި މުއައްސަސާތަކުން މާޒީގައި ހެދިފައިވާ ގޯސްތަކުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށެވެ.
މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ސަމިޓުގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ ވިދާޅުވީ މާޒީއާ ގުޅޭ ގޮތުން ބަދަލު ދިނުމުގެ ދިގު، ނިމުމެއް ނެތް މަޝްވަރާތަކެއް ކުރުމަށް ވުރެން، މުސްތަޤުބަލަށް އިސްކަން ދިނުން މާ މުޙިއްމު ކަމަށެވެ. ނަމަވެސް، ސަމިޓް ނިމުނުއިރު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އިސްކޮށް ހުންނަވައިގެން 56 ޤައުމު ހިމެނޭ ގްރޫޕްގެ ލީޑަރުން ވަނީ އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަންވީ ވަގުތު ޖެހިފައިވާ ކަމަށް ގުޅިގެން ނެރުނު ކަރުދާހުގައި ހިމަނަން އެއްބަސްވެފަ އެވެ. ކެރިކޮމް ކޮމިޝަންގެ މި ދަތުރު، ނޮވެމްބަރު 17 އިން 20 އަށް ކުރިއަށްދާއިރު، އެ ދަތުރުގެ މަޤްޞަދަކީ ގުޅުންތައް ހަރުދަނާކޮށް، އަޅުވެތިކަމާއި އިސްތިޢުމާރުކުރުމުގެ ތާރީޚަށް ބަދަލު ހޯދުމުގެ އެޖެންޑާގައި ގުޅިގެން ހިންގޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއެރުވުން ކަމަށް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، ތިން މިލިއަނެއްހާ އެފްރިކާ މީހުން އަޅުވެތިކަމަށް ވިއްކާލުމުގައި އިނގިރޭސިވިލާތުން އަދާކުރި އިސް ދައުރު، އެ ޤައުމުގެ 85 ޕަސެންޓު މީހުންނަށް ނޭނގޭއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
