
އެފްރިކާގެ ޕްލޭއޯފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ 4-3އިން ބަލިކޮށް އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވާ އެންމެ ފަހު ގައުމަކަށް ވުމުގެ ފުރުސަތު ކޮންގޯ ހޯދައިފިއެވެ. މޮރޮކޯގައި ކުޅުނު ޕްލޭއޯފް ފައިނަލުގައި އެންމެ ފުރަތަމަ ލީޑް ހޯދީ ވެސް ނައިޖީރިއާ އެވެ. ފްރޭންކް އޮންޔެކާ ޖަހައިދިން ގޯލަށް ފަހު މެޗުގެ ނަތީޖާ ހަމަހަމަވީ ފުރަތަމަ ހާފު ނިމެނިކޮށް މެސްޗަކާ އެލިއާ ކޮންގޯ އަށް ޖަހައިދިން ގޯލުންނެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަވެ، ޕެނަލްޓީގައި ކޮންގޯ އަށް ކުރި ހޯދައިދިނީ ޗަންސެލް އެމްބެމްބާ އެވެ. މިއީ 1974 ވަނަ އަހަރުގެ ފަހުން ކޮންގޯ ވޯލްޑް ކަޕާ މިހާ ގާތަށް ދިޔަ ފުރަތަމަ ފަހަރެވެ.
އެފްރިކާގެ ފަހު ޖާގަ ހޯދަން އެ ގައުމު ދެން ވާދަ ކުރަން ޖެހޭނީ އެހެން ބައްރުތަކުގެ ޗެމްޕިއަނުންނާ އެވެ. ކޮންގޯ އަކީ 1968 އަދި 1974 ވަނަ އަހަރުގެ އެފްރިކާގެ ޗެމްޕިއަނުންނެވެ. ނަމަވެސް އެ ފަހުން ފުޓްބޯޅައިގައި އެ ގައުމުގެ ވިދުން ފެނިގެންދިޔައީ ވަރަށް ފަނޑުކޮށެވެ. އަދި މި ނަތީޖާ އަކީ ނައިޖީރިއާ ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕުން ބޭރުވި ނަތީޖާ އެކެވެ. އެކަމަކު މިފަހަރުގެ ކޮލިފައިންގައި އެ ގައުމު ވަނީ ކުރިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. ޓީމުގެ އެންމެ މުހިންމު ފޯވަޑް ވިކްޓަރ އޮސިމްހެން މެޗަށް ފަހު ހުރީ ރޮވިފަ އެވެ.
އަންނަ އަހަރުގެ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް 48 ގައުމު ވާދަކުރާނެ އެވެ. މީގެ ތެރެއިން އެފްރިކާ އަށް ލިބިފައިވާ ޖާގަތަކަށް މިހާތަނަށް ކޮލިފައިވެފައިވެފައިވަނީ އަލްޖީރިއާ އާއި ކޭޕްވާޑޭ އަދި އައިވަރީ ކޯސްޜާއި މިސުރުގެ އިތުރުން ގާނާ އާއި މޮރޮކޯ އާއި ސެނެގާލް އަދި ދެކުނު އެފްރިކާ އާއި ޓިއުނީޝިއާ އެވެ.
އެފްރިކާ ސަރަހައްދުން
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
