
ރެއާލް މެޑްރިޑުގެ ރައީސްގެ މަގާމު ފްލޮރެންޓީނޯ ޕެރޭޒް ދޫކޮށްނުލާނެ ކަމަށް ބުނެފިއެވެ. އުމުރުން މިހާރު 78 އަހަރުގެ ޕެރޭޒްގެ ފަރާތުން މިވާހަކަ ބުނަން ޖެހުނީ ކުލަބުގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަގާމު ދޫކޮށްލަން ޕެރޭޒް ވިސްނަމުންދާ ކަމަށް ސްޕޭނުގެ ނޫސްޔަކުން ބުނަން ފެށުމުންނެވެ. “ކުލަބުގެ ރައީސް އަކީ ފްލޮރެންޓީނޯ ޕެރޭޒް. އެ މަނިކުފާނު މަގާމުގައި ދެމި ހުންނަވާނެ. ދައުރުގެ މެދުތެރެއިން ކުލަބާއި ސަޕޯޓަރުން ދޫކޮށްލައްވަން އެ މަނިކުފާނު ބޭނުންފުޅެއް ނުވޭ،” ޕެރޭޒްގެ ފަރާތުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
ޕެރޭޒް ރެއާލްގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 200 ވަނަ އަހަރު އެވެ. އޭގެ ފަހުން 2004 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދައުރުގެ މެދުތެރެއިން މަގާމު ދޫކޮށްލެއްވި އެވެ. އޭގެ ފަހުން އަލުން އެނާ ރައީސް ކަމަށް ވަޑައިގަތީ 2009 ވަނަ އަހަރު ގިނިކަންޏާ އެވެ. އޭގެ ފަހުން ރެއާލްގެ ރައީސްކަމުގައި ވާދަވެރިއަކު ނެތި ޕެރޭޒް ހުންނަވާއިރު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކީ އޭނާގެ ކުލަބެވެ. އަދި ރެއާލް ވަނީ އޭނާގެ ވެރިކަމުގައި ގިނަ އަދަދެއްގެ ތަށި ތައް ވެސް ކާމިޔާބުކޮށްފަ އެވެ. މިވަގުތު ކުލަބުގެ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅެނީ ކުލަބު ހިންގުމުގެ ނިޒާމް ބަދަލުކުރަން އޭނާ ބޭނުންފުޅުވުމުންނެވެ. ޕެރޭޒް ބޭނުންވަނީ ރެއާލް މެޑްރިޑް ކުންފުންޏަކަށް ބަދަލު ކުރުމަށެވެ. މީގެ ބޭނުނަމީ މިހާރަށްވުރެ ގިނަ ފައިސާ ހޯދުމާއި އެ ކުލަބުގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމުން ދަރަނީގެ ގޮތުގައި ދައްކަންޖެހެ ފައިސާ ހޯދުމެވެ. ނަމަވެސް ނައިބް ރައީސް ކަމުގައި ހުރި އޭނާގެ ކޮއްކޮ ވެސް ހިމެނޭ ގޮތަށް ބޯޑުގެ ބައެއް މެމްބަރުން ތާއީދު ކުރަނީ ރެއާލް މެޑްރިޑް 100 ޕަސެންޓް މެމްބަރުންގެ ކުލަބެއްގެ ގޮތުގައި ބޭއްވުމަށެވެ.
ނަމަވެސް ޕެރޭޒް ދެކޭ ގޮތުގައި މިއީ ދުނިޔޭގެ އެހެން ވާދަވެރި ކުލަބުތައް ހިންގާ މޮޑެލް އަށް ބަލާއިރު ތާއަބަދު އެންމެ ކާމިޔާބު ކުލަބުގެ ގޮތުގައި ދެމިއޮތުމަށް ހުރަސް އެޅޭނެ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
