
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ބަލިވެ، އިޓަލީއަށް ޕްލޭއޮފް ކުޅެން ޖެހިއްޖެއެވެ. މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް މި ދެ ޓީމު ނިކުތްއިރުވެސް ކޮލިފައިންގެ ޖާގައެއް ނޯވޭއިން އޮތީ ޔަގީން ކޮށްފަ އެވެ. އެޓީމަށް އެ ފުރުސަތު ގެއްލެން އޮތީ އިޓަލީ އަތުން ނުވަ ގޯލުގެ ތަފާތަކުން ބަލިވެގެން ކަމަށްވާތީ މެޗަށް ނިކުތްއިރުވެސް އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއް ކަމަށް ގަބޫލުކުރެވުނެވެ. ގްރޫޕް އައި ގައި ކުޅުނު މި މެޗުން ނޯވޭ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ އަށް މެޗުން ވެސް މޮޅުވެ ޖުމްލަ 24 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.
މި މެޗުގެ 11 ވަނަ މިނިޓުގައި އިޓަލީގެ ޕިއޯ އެސްޕޮސީޓޯ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައު ކޮށްދިން ނަމަވެސް މި ލަނޑަށްފަހު ނޯވޭ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ. ނޯވޭ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި އެންޓޯނިއޯ ނޫސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ނޯވޭ އިން ލީޑު ނަގާފައިވަނީ މެޗުގެ 78 ވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ މިނިޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑް ވަނީ ކޮލިފައިންގެ އަށް މެޗުގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.
ނޯވޭ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ޖޯގެން ސްޓްރޭންޑް ލާސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ނޯވޭ އިން ކަށަވަރުކޮށްފައިވާއިރު މިއީ ފާއިތުވެދިޔަ 28 އަހަރުގެ ތެރޭގައި އެ ގައުމު ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
