
އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ފިލިޕީންސްއާ ދެކޮޅަށް އަންގާރަ ދުވަހު ނުކުންނަ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ، ޓީމަށް ސަޕޯޓުކޮށްދިނުމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ. މި މެޗުގެ ޓިކެޓް ފުޓްބޯޅަ އެސޯސިއޭޝަންގެ މަޖީދީ މަގު (އޮލިމްޕަސް ކުރިމަތި) ޓިކެޓް ކައުންޓަރުން ވިއްކަން ފަށާފައިވާއިރު ސިޑި ބަރި ޓިކެޓެއް ވިއްކަނީ 50 ރުފިޔާއަށެވެ. ގޮނޑި ބަރި ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ. ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗަށް އަމިއްލަ ދަނޑުގައި ނިކުތުމަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީމުން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން އެ ދުވަހުގެ މެޗު ބަލަން ދަނޑަށް ވަނުމަށެވެ. އަދި ރާއްޖޭގެ ހޯމް މެޗު ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި ސަޕޯޓަރުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ގައުމީ ޓީމު ކުޅޭ މެޗުތަކަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އަހަރުތަކަކަށްފަހު އިތުރުވަމުން އަންނައިރު، ގައުމީ ޓީމުން އަބަދުވެސް ބުނަނީ ސަޕޯޓަރުންނަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ. އަދި ސަޕޯޓަރުންނާއި ނުލާ މިކަން ނުވާނެ ކަމަށާއި، އެންމެ ފަހުން ގައުމީ ޓީމުން ހޯދި ސައުތު އޭޝިއަން ސުޕަކަޕްގައިވެސް ޗެމްޕެއިންކަން ހޯދައިދިނީ ސަޕޯޓަރުން ކުރި ސަޕޯޓުން ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން ވަރުގަދަ ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ ދެވަނަ ކޮލިފަިއން މެޗުގައި ޕޮއިންޓެއް ހޯދުމަށް ރާއްޖެ ކުރާ އުންމީދަށް އެންމެ ބޮޑޫ އެހީތެރިކަމެއް ވެދެވޭނީ ސަޕޯޓަރުންނަށް ކަމަށްވާއިރު ވީހާވެސް ގިނަ ބަޔަކު ޓިކެޓު ގަތުމަކީވެސް އެފްއޭއެމްގެ އެދުމެކެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ފިލިޕީންސް މީހުންވެސް ދިރިއުޅޭއިރު ރާއްޖޭގެ ސަޕޯޓަރުންނާއި އެއްވަރަށް ފިލިޕީންސް ސަޕޯޓަރުންވެސް އެ ދުވަހު ދަނޑަށް ވަންނާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ގައުމީ ޖޯޝާއެކު ވީހާވެސް ގިނަ ދިވެހިން ދަނޑަށް ދިއުމަކީ ޓީމަށް މޮޅުވާން ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ރާއްޖެ އައުމުގެ ކުރިން ފިލިޕީންސް ޓީމު ވަނީ ތިން ދުވަހުގެ ކޭމްޕަކަށް ދުބާއީއަށް ގޮސް އެގައުމުގެ ވަރުގަދަ ޓީމަކާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިއީ ފިލިޕީންސް ޓީމުން ރާއްޖޭގެ ހޫނަށް ހޭނިލުމަށް ދުބާއީގައި ކުރި ކޭމްޕެކެވެ. ފިލިޕީންސާއި ރާއްޖޭ އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑަށް ނުކުންނައިރު ރާއްޖެ އޮތީ މިހާތަނަށް ކޮލިފައިންގައި ކުޅުނު ހަތަރު މެޗުން ބަލިވެ ޓޭބަލުގެ ފުލުގައެވެ. ޕިލިޕީންސް އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ނަމަވެސް އެއީ ޕޮއިންޓްގެ ގޮތުން ތަޖިކިސްތާނާ އެއްވަރުގެ ގޯލުގެ ތަފާތުންނެވެ. މިހެންވެ ރާއްޖެ މެޗަކީ ފިލިޕީންސަށް ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗެކެވެ. މި ދެ ޓީމު މި އަހަރުގެ މާޗު މަހު ފިލިޕީންސްގައި ކުޅުނު މެޗު 4-1އިން ކާމިޔާބު ކުރީ ފިލިޕީންސެވެ.
މި މެޗަށް އެ ގައުމުން ނަގާފައިވާ ޓީމުގައި ތަޖުރިބާކާރު މުހިންމު ހުރިހާ ކުޅުންތެރިން ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ކެވިން ރާއި މެންޑޯޒާ އާއި ތަޖުރިބާކާރު ދެ ޑިފެންޑަރުން ކަމަށްވާ ޖެފަސަން ޓަބިނޭޒް އާއި އަމާނީ އަގުއިނާލްޑޯ ހިމެނެއެވެ. މީގެ އިތުރުން ގައުމީ ޓީމަށް 68 މެޗު ކުޅެދީފައިވާ މިޑްފީލްޑަރު މަނީ އޮޓާއި އެއްވަނަ ފޯވަޑް ޖާވީ ގަޔޮސޯ އާއި ސެބަސްޓިއަން ރަސްމުސެން ހިމެނެއެވެ. މި މެޗަށް ދިވެހި ޕްރެމިއާ ލީގު މެދުކަނޑާލުމަށްފަހު ރާއްޖޭގެ ގައުމީ ޓީމުވެސް ފަރިތަކުރަމުން އަންނައިރު ޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެފަހުން އޮތް ސްކޮޑަށް ހަތަރު ބަދަލެއް ގެނެސްފައިވެއެވެ. ފިލިޕީންސް މެޗަށް އިއުލާނު ކުރި ސްކޮޑަށް ބަލާއިރު މުޅިން އަލަށް ޤައުމީ ޓީމުން ފުރުސަތު ދީފައިވަނީ ވެލެންސިއާގެ ޒުވާން ކެޕްޓަން އީތަން އިބްރާހީމް ޒަކީއާއި، ބުރު ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު ޠާއިފް ޤާސިމްގެ އިތުރުން ކްލަބް އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު އަޝްވާނަށެވެ. އެހެންނަމަވެސް ކީޕަރު އަޝްވާނަށް އަނިޔާވެ އޭނާގެ ބަދަލުގައި މާޒިޔާގެ ކީޕަރު އިޔާން އަބްދުލްއަލީމް ވަނީ ގައުމީ ޓީމަށް ނަގާފައެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އަހުމަދު އައިހަމް ވަނީ ޓީމުން ވަކިކޮށްފައެވެ.
އައިހަމް ޓީމުން ވަކިކުރީ ޕިލިޕީންސް މެޗަށް ފަރިތަކުރުންތައް ފެށި ދުވަހު ޕްރެކްޓިހަށް ހާޒިރުނުވެ، އެފްއޭއެމަށް ނާންގާ އޭނާގެ ރަށުގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިއުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އައިހަމް ވަނީ އޭނާއަށް އަމަލުކުރެވުނީ ގައުމީ ޓީމެއްގެ ކުޅުންތެރިއަކު އަމަލުކުރަންޖެހޭ މިންގަނޑުން ބޭރުންކަން ގަބޫލުކޮށް ގައުމީ ޓީމުގެ ކިބައިން މާފަށް އެދިފައެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ދެކޮޅަށް ރާއްޖެ ކުޅުނު އަވޭ މެޗުގައި ރާއްޖެ އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ފިލިޕީންސްއެވެ.
މާޗް 25 ގައި ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމުގައި ކުޅުނު އެ މެޗަށްފަހު އޭރު ގައުމީ ޓީމަށް އިރުޝާދުދެމުންދިޔަ ކޯޗު އަލީ ސުޒެއިން ބުނެފައިވަނީ ފިލިޕީންސް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވުމުގެ މައިގަނޑު ސަބަބަކީ އެ ގައުމަށް ކުޅުވަން ރަށްވެހިކަން ދީފައިވާ ކުޅުންތެރިން ކަމަށެވެ. އެ މެޗުގެ ތަޖުރިބާއަށްފަހު ހޯމް މެޗުގައި ރާއްޖެ ނިކުންނާނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
