
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާސާ ކުރުމަށް ސަރުކާރުން ފޯރުކޮށްދިން ސްކޮލަރޝިޕް ފުރުޞަތަކީ ދިވެހި ތާރިޚާ ތަރިކަ ރައްކާތެރިކޮށް، ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ “ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް” ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ދަޤާފަތާ ތަރިކައިގެ ދާއިރާއިން 40 މީހަކަށް ސްކޮލަރޝިޕް ފުރުޞަތު ވަނީ ދީފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ދިވެހިން ދިވެހީންގެ ގޮތުގައި އަދި ޤައުމެއްގެ ގޮތުގައި އޮތުމަށް، ދިވެހި ތާރީޚަކީ ކިހާ މުހިންމު އެއްޗެއްކަން ވިސްނާ އެމަގުން މަސައްކަތްކުރަންޖެހޭކަމަށެވެ.
ރާއްޖެއަކީ ތާރީޚީ އެތަށް މުއްސަނދިކަމެއް ލިބިފައިވީ ޤައުމެއްނަމަވެސް، ރާއްޖޭގައި މީގެކުރީގައި އެތައް ތަރިކައެއް ނެތިގޮސް އަދި ނައްތާލެވިފަވުމަކީ ކަންބޮޑުވާކަމެއްކަމަށް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. މީގެތެރޭގައި މައުނަވީ އަދި މާއްދީ ތަރިކަ ހިމެނޭއިރު، ދިވެހިންގެ އިހުގެ ވާހަކަތަކާއި ހިރިގަލު މިސްކިތްތައްފަދަ ބިނާތައްވެސް ހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ. “މާދަރީ ބަހަށްވެސް އަސަރު އެބަ ފޯރާ. ބޭރުގެ ބަހަށް ފަރިތަވަމުންދަނީ. ދިވެހި ތާރީޚާއި ތަރިކަ ދޭހަ ނުވޭ. އެކަމުގެ މުހިންމުކަން އިހުޞާސުވާންވީ މީހުންނަށް އިޙުސާސުވޭބާއޭ ހިތަށްއަރާ. އެހެން ޤައުމުތަކުގައި އެމީހުންގެ ބަހާ އާދަތަކަށް ފަރިތަ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރޭ.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެކަމަނާ ވިދާޅުވީ ދިވެހިންގެ ދީނާއި ސަޤާފަތާއި، އާދަކާދައާއި ތާރީޚުގެ ވާހަކަތައް މި އަސާސުގެ މަތީގައި ކުރިއަށްގެންދަންޖެހޭކަމަށާއި އެކަމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށެވެ. އެގޮތުން ދިވެހިންގެ ރީތި އަޙުލާޤާ ދިވެހިންގެ މަސައްކަތެރިކަމާއި ހުނަރުތަކުގެ ހަރުދަނާގޮތްތައް، ރަނގަޅު މިސްރާބުގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ. “އަމިއްލަ ފައިމައްޗަށް ތެދުވެފަވާ، ޝަޢުގާ ހިތްވަރު ހުރި ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް މި ޤައުމު ދަނީ އިންތިޒާރުކުރަމުން. އިސްލާމީ ރިވެހި އަޙުލާޤާ ދިވެހިންގެ ރީތި އާދަކާދަތައް އަލުން ހޯދަންޖެހޭ.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދިރާސާ ކުރުމަށް ދޫކުރި ސްކޮލަރޝިޕްތަކުގެ މަޤުޞަދަކީ ދިވެހި ޤައުމުގެ މައުނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލާ ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭ ފުރަތަމަ ގެމަ ކަމަށެވެ. މި މަސައްކަތަކީ ދިވެހި ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
