
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ސިގްނޭޗަރ ސްކޮލަރޝިޕް” މަސައްކަތާއެކު ދިވެހިންގެ ތަރިކައާއި ސަޤާފަތުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “ސިގްނޭޗަރ ސްކޮލަރޝިޕް” ލިބުނު ފަރާތްތަކަށް ސްކޮލަރޝިޕް ސެޓިފިކެޓް ހަވާލުކުރުމަށް އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ތަރިކައިގެ ދާއިރާ ތަރައްޤީކޮށް ރައްކާތެރިކުރުމަށް އެކި ދުވަސްވަރު އެކި މީހުން ވަނީ މަސައްކަތްކޮށްފައިކަމަށާއި އޭގެ ހެޔޮ ނަތީޖާ ދެކިފައިވާކަމަށެވެ. އެހެންނަމަވެސް މިފެށިގެންދާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒާމަތާއި ހަވާލުވެ ވަޑައިގެންދުވަހު އިއުލާންކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫއާއި ގުޅިފައިވާ އިންގިލާބީ އިލްމީ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތަރިކައިގެ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލު ގުޅިފައިވަނީ އިލްމީގޮތުން މި ދާއިރާ ދިރާސާކޮށް، އިލްމީ ހޯދުންތަކުގެ އަލީގައި މަޢުލޫމާތު ފެތުރުންކަމަށެވެ. އެގޮތުން ތަރިކައާ ގުޅުން ހުރި 40 ސްކޮލަރޝިޕުގެ އިތުރުންވެސް މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އާދަމް ނަސީރު ވިދާޅުވީ މި ސްކޮލަރޝިޕްތަކާއި ދިރާސާތަކާއެކު ރައީސް އިޢުލާންކުރެއްވި ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިކުނޑި ބައްޓަން ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި ދިވެހި ތަރިކައިގެ ދާއިރާ ދިވެހިންނާއި އެއްކޮޅަށް އޭގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދިވެހިންގެ އަސްލުތައް ދެނެގަތުމުގައި ދިވެހިންނަށް ޒަމާނުންސުރެއް ފޯރާފައިނުވާ ހިސާބަށް މި މަސައްކަތުން ވާސިލްވެވޭނެކަމަށެވެ.
“މަޤްސަދަކީ އަންނައޮތް ޖީލުތަކަށް ރައްދުކޮށްދިނުން. ރައީސްގެ ސިޔާސަތާއި އެއްގޮތައް ހިނގަމުންދާއިރު އަންނަ އޮތް ޖީލުތަކާއި އަދުގެ ޖީލުތަކަށާއި އަޅުގަނޑަުމެންގެ ދިރިއުޅުމުގެ ތަޖުރިބާގެ ތެރެއަށް އެންމެ ޒަމާނީ ވަސީލައް ބޭނުންކޮށްގެން ދިވެހިންގެ ދުވަސްވީ ތަރިކަ ގެނެވޭނެ. އޭގެ ތެރޭގައި މާއްދީ ތަރިކައާއި މައުނަވީ ތަރަކަ ހިމެނޭ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމިކް ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ އަލީ ޒާހިރު ވިދާޅުވީ ދިރާސާކުރުމުގެ މަސައްކަތް ފާއިތުވި 2 އަހަރުތެރޭގައި އެ ޔުނިވާރސިޓީން ފުޅާދާއިރާއެއްގައި ކުރަމުން އަންނަކަމަށެވެ. އެގޮތުން ޔުނިވާރސިޓީގެ މިސްރާބު މިހާރު ހުރީ ދިރާސާކުރުމުގެ ދާއިރާ ފުޅާކޮށް ބޭރު ދުނިޔޭގައި މަޤުބޫލް ޔުނިވާރސިޓީއަކަށް ހެދުމަށްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަލީ ޒާހިރު ވިދާޅުވީ އެކަމަށްޓަކައި ޔުނިވާރސިޓީގެ އޮނިގަނޑަށާއި ސިޔާސަތުތައް ގެނެވުނު ބަދަލަކީ މިއަދު އިސްލާމިކް ޔުނިވާރސިޓީއަކީ ބޭރުގެ ބައެއް ބޮޑު ޕްރޮޖެކްޓުތައް ލީޑް ކުރާތަނަކަށް ބަދަލުވުންކަމަށް ވިދާޅުވިއެވެ. އަލީ ޒާހިރު ވިދާޅުވީ ރާއްޖެއަށް ވަރަށް ބޭނުންވެފައިވާ މުހިންމު ދާއިރާތަކުން ރިސާރޗް ހަދާނެ އަދި އެ މަސައްކަތް ކުރާނެ މީހުން އިހްތިޔާރު ކުރެވި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާ އެކަމަށް ހިތްވަރު ދިނުން އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
“ހަވާލުވެގެންދާ މި މަސައްކަތް ރައީސްގެ ވިސްނުންފުޅާ އެއްގޮތައް ގައުމަށް ފައިދާހުރި ގޮތައް އެމަސައްކަތް ޔުނިވާރސިޓީއިން އެކަން ހަމަޖެހި އެކަން ކުރެވިގެންދާނެ ކަމުގެ ޔަގީންކަންދެން. އެކަން ވާނެ ކަމުގެ ޔަގީންކަމަކީ ޔުނިވާރސިޓީގައި ހަރަކާތްތެރުވާ ރިސާރޗް ބޭފުޅުންނަކީ މި ޤައުމުން ހޮވާލެވޭ ބޭފުޅުންތަކެއް. މި ޤައުމުގެ ތެރޭގައި އެފަދަ ބައެއް އަތް ފުނާ އަޅައިގެން ހޯދުމަކީ އުނފަގޫކަމެއް” އަލީ ޒާހިރު ވިދާޅުވިއެވެ. ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދީފައިވެއެވެ.
މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
