
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އަންނަ އަހަރު ދައުލަތުގެ ބަޖެޓާ އެއްގޮތަށް ޚަރަދުކުރާތޯ ފާރަވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްގެ ތެރެއިން ސަރުކާރަށް ތަޢީދުކުރާ މެންބަރުން ވަނީ މިއަހަރު ހުށަހަޅާފައިވާ ބަޖެޓަށް ތަޢީދުކޮށް ވާހަކަ ދައްކަވާފައެވެ. ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދައިރާގެ މެންބަރު އަޒާން ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރާއިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ދުރާލާ ސަރުކާރުން ތައްޔާރުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ބަޖެޓުގައި މިއަންނަ އަހަރު ބޮޑު އަދަދެއް ދަރަނި ދެއްކުމަށް ހިމަނާފައިވާއިރު ދަރަނި ދެއްކޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް ވިދާޅުވިއެވެ. މިއާއެކު ދައުލަތުގެ ޚަރަދުތައް ބަޖެޓާއި އެއްގޮތަށް ހިނގާތޯ މަޖިލީހުން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑު ފެންނަ ފެނުމުގައި ބަޖެޓުގެ އަމާޒު ހާސިލްކުރެވޭނެ. އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ ބަޖެޓުގެ އަމާޒަށް ވާސިލްވުމާއި ބަޖެޓާއި އެއްގޮތަށް ސަރުކާރުން ޚަރަދުކުރާތޯ ބެލުމަކީ މަޖިލީހުގެ މެންބަރުންނާއި ކޮމެޓީތަކުގެ ވަރަށް ބޮޑު ޒިންމާއެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން. އަންނަ އަހަރު ބަޖެޓާއި އެއްގޮތަށް ޚަރަދުކުރާތޯ ފާރަވެރިވާނެކަމަށް.” މެންބަރު އަޒާން ވިދާޅުވިއެވެ.

(ފޮޓޯ ކްްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބަޖެޓު ބަހުސްގައި، މެމްބަރުން ވިދާޅުވީ ރައީސް ރަށްރަށުގައި ވަޢުދުވެފައިވާ މަސައްކަތްތައް ބެޖެޓުގެ ތެރެއިން ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ބަޖެޓުގެ ތެރެއިން ޚަރަދުކޮށް ނިންމުމަށް ބަޖެޓުގެ ތެރެއިން އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަރުދީ ފެންވަރެއްގައި ރައްޔިތުންނަށް ފައިދާވާ ގިނަކަންކަން ބަޖެޓު ހިމެނިފައިވާކަން މެންބަރުން ވަނީ ބަޖެޓު ބަހުސްގައި ފާހަގަކުރައްވާފައެވެ. ބަޖެޓު ބަހުސްގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓުގައި ވަކި މަޝްރޫޢުތަކުގެ ތަފްސީލު ނެތުމުން، އެކަމަށް ފާޑުވިދާޅުވެފައެވެ. ވައިކަރަދޫ ދައިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ ބަޖެޓުގައި ތަފްސީލުތަކެއް ނެތް ނަމަވެސް ރަނގަޅު ކަންކަންވެސް ހުރިކަމަށެވެ. މިގޮތުން ތެލެސީމިއާ ބަލި ތަޙައްމަލު ކުރާ ކުދިންނަށް ދޭން ނިންމާފައިވާ އިނާޔަތް އޭނާ ވިދާޅުވިއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ވާހަކަ ދެއްކެވި ބައެއް މެންބަރުންވަނީ މީގެ ކުރިން އަދަދުތައް ޖަހައިގެން މަސައްކަތް ކޮށްފައިވީނަމަވެސް އެކަށީގެންވާ ނަތީޖާއެއް އެ މަސައްކަތްތަކުން ނުނެރެވޭކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫޢުތަކުގެ އެއްވެސް މަންފާއެއް ނެތި ދަރަނިތައް ބޮޑުވިކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓް ވާހަކަ ދެއްކުމަށް ފުރުސަތު ލިބެއެވެ. މިވަގުތު މަޖިލީހުގެ ތަޅުމުގެ ބަޖެޓު ބަހުސް ކުރިއަށްދާއިރު ކޮމެޓީ މަރުހަލާގައި ބަޖެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ދެއެވެ. އަދި ކޮމެޓީ މަސައްކަތް މިމަހުގެ 19 އަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
