
މި ހަފުތާގައި ބްރެޒިލް އާއި އިޓަލީގެ ކުޅުނު މެޗުތަކުން އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތް އާސެނަލް ނުތަނަވަސްވެއްޖެއެވެ. ޕްރެމިއާ ލީގުގެ ތައްޓަށް ވާދަކުރަމުންދާ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ކަންބޮޑުވާ ގޮތްވީ ޓީމުގެ މުހިންމު ދެ ޑިފެންޑަރުންނަށް މި މެޗުތަކުން އަނިޔާވުމުންނެވެ. ބްރެޒިލްގެ ޑިފެންޑަރު ގަބްރިއަލް މަގަލާސް އަށް އަނިޔާވީ ސެނަގާލް އަތުން ބްރެޒިލް 2-0އިން މޮޅުވި މެޗުގަ އެވެ. މެޗުގެ ބޮޑުބައި ނިމުނުފަހުން ބަދަލު ކުރި ކުޅުންތެރިންގެ އުކުޅުވަޅު ހަލާކުވެފައިވާ ކަމަށް ބްރެޒިލް ޓީމުން ވަނީ ބުނެފަ އެވެ. މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ބަދަލުކުރީ ބްރެޒިލްގެ ޓީމުގެ މެޑިކަލް ޓީމުން ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު އޭނާ އަށް ކުޅެވޭގޮތް ނުވެގެންނެވެ.
މެޗަށް ފަހު ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ އަނިޔާގެ ތަފްސީލެއް އޭނާ އަށް އަދި ނުލިބޭ ކަމަށާއި އިތުރު ޓެސްޓްތައް ހަދަން ޖެހޭ ކަމަށެވެ. އަނެއް ބައި ރިޕޯޓްތައް ބުނާ ގޮތުން މަގަލާސް ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ އެވެ. އިޓަލީގެ މެޗުގެ ކުރިން ޑިފެންޑަރު ރިކާޑޯ ކަލިފިއޯރީ ވަނީ ޓީމުން ވަކިވެ އާސެނަލް އަށް އެނބުރި ގޮސްފަ އެވެ. އެއީ އޭނާގެ ފަޔަށް ހާނިއްކަވުމުން އެކަން ބޮޑުނުވަނީސް ފަރުވާ ފެށުމަށެވެ.
އާސެނަލްގެ ކޮޗު މިކޭލް އާޓެޓާ ކަންބޮޑުވެފައިވަނީ ކުރިއަށް އޮތް ހަފުގާއި އިނގިރޭސި ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި މުހިންމު މެޗުތަކެއް އުޅެން އޮތުމުންނެވެ. ނަމަވެސް މި ދެ ކުޅުންތެރިންނާމެދު އޭނާ އަދި ވަކި އެއްޗެއް ނުބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
