
ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވާފައިވާކަން، އެމެރިކާގެ ކޮންގްރެސް އިން އާއްމުކުރި 20،000 ފައިލްއިން ވަނީ ހާމަވެފައެވެ. މީގެ ކުރިން ހެކަރުން ލީކުކޮށްލާފައިވާ އީމެއިލްތަކުގައި ޝާމިލުވާ ރާއްޖޭގެ ރައީސަކީ ވަހީދުކަން މިހާރު ކަށަވަރުވެފައިވާއިރު، އެމަނިކުފާނު ވަނީ އެޕްސްޓީންއަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވާފައެވެ. އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓްރެޓެޖީ ހިމެނެއެވެ. 2012 ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި ވަހީދު ވަނީ އެޕްސްޓީންއާ ސީދާ ބައްދަލުކުރައްވާފައެވެ.
މާލީ ކަންކަމުގެ ތެރެއިން، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި 4 ބިލިއަން ޑޮލަރުގެ ޝައްކު އުފެދޭ ޕްރޮޕޯސަލަކާ މެދު ވަހީދު ވަނީ އެޕްސްޓީންގެ އިރުޝާދު ހޯއްދަވާފައެވެ. މި ޕްރޮޕޯސަލަކީ “ސްކޭމެއް” ކަމަށް އެޕްސްޓީން ވަގުތުން ދެނެގަނެ، ކުރިއަށްދާނަމަ ސްކޭމަރުން އަމަލުކުރާނެ ގޮތް ވެސް ކިޔައިދީފައިވެއެވެ. މިކަމަށް ވަހީދު ދެއްވި ޖަވާބުގައި ވަނީ “ތިޔައީ އަޅުގަނޑު ސަލާމަތްކޮށްދޭ މީހާ” ކަމަށް ވިދާޅުވެ، އެޕްސްޓީންގެ އިރުޝާދު ފުރިހަމައަށް ގަބޫލުކުރައްވާކަން ހާމަކުރައްވާފައެވެ.
ސިޔާސީ ގޮތުން ވެސް 2013 ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެހީތެރިކަން ދޭން އެޕްސްޓީން ވަނީ، ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑަންގެ ޑިޕްލޮމެޓަކު ގެންނަން ހުށަހަޅާފައެވެ. ޖެފްރީ އެޕްސްޓީންއަކީ އެތައް ކުދިންނަށް ޖިންސީ އަނިޔާދީ ބްލެކްމެއިލްކޮށް، 2005 އަދި 2019 ވަނަ އަހަރު ހައްޔަރުކުރެވިފައިވާ މުއްސަނދި ފައިނޭންސަރެކެވެ. އޭނާ 2019 ވަނަ އަހަރު ޖަލުގައި މަރުވެފައި އޮއްވައި ފެނުނުއިރު، އޭނާގެ ޖަރީމާތަކަށް އެހީވިކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ވަނީ 20 އަހަރަށް ޖަލަށްލާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
