
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ދަޢުރުގެ ތެރޭގައި ނަރުދަމާގެ 39 މަޝްރޫޢު ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެތެރޭގައި މި ދަޢުރުގައި މުޅިން އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ މަސައްކަތްތަކާއި، ކުރީ ސަރުކާރުތަކުގައި ފަށާ ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ޙިއްސާކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މި ދައުރުގެ މިހާތަނަށް ނަރުދަމާގެ 79 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ، މުޅިން ނިންމާފައިވާ 39 މަޝްރޫޢާއި އަލަށް ކޮންޓްރެކްޓް ކޮށްފައިވާ 40 މަޝްރޫޢުއެއްގެ މަސައްކަތެވެ. ސަރުކާރުން ވަނީ މަސައްކަތް ފަށާ، ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް ކޮންޓްރެކްޓަރުންގެ އަތުން ނަގާ، އެ މަސައްކަތްތައް އަވަސް ކުރުމަށް އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގިނަ މަޝްރޫޢުތަކެއް އަވަސް ކުރުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިލަރެސްކުރާ ގޮތަށް ސަބްސިޑަރީ ކުންފުނިތަކާ ވަނީ، ހަވާލުކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 146 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ. ބާކީ ހިމެނޭ ހުރިހާ ރަށްތަކެއްގައިވެސް މަސައްކަތްތައް ހަވާލުކޮށް އަންނަނީ ކުރިއަށް ގެންދަމުންނެވެ. 2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކުރާ ޤާނޫނެއް މިއަހަރު މަޖިލީހުން ފާސްކޮށްފައިވެއެވެ. 2020ވަނަ އަހަރު ފުރަތަމަ ފާސްކުރި އެ ޤާނޫނުގައި ދީފައި އޮތީ، 5 އަހަރުގެ މުއްދަތެކެވެ. ނަމަވެސް އޭރު އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ހިނގައިގަނެ ކުރިއަށް ގޮސްފައިނުވާތީ، އެ ޤާނޫނުގެ މުއްދަތު ހަމަވާއިރު އެކަން އޮތީ ހާސިލުނުވެއެވެ. އެހެންކަމުން ޤާނޫނަށް ބަދަލު ގެނެސް މިހާރު މިވަނީ، ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަށް ނިންމާފައެވެ.
ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތަކީ، ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ ވަރަށް މުހިންމު ޚިދުމަތެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
