
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންހެނުންނަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އަންހެނުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން “ރެހެންދި އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފްލާގައި އެކަމަނާ ވަނީ ރެހެންދި އެވޯޑް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ޙާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗާއި އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަންހެނުންގެ ކުރިއެރުމާއި އަންހެނުން ބާރުވެރިކުރުވުމުގެ މަޢުޟޫގައި އަޅުގަނޑުމެން މުސްލިމުން އެންމެ ފުރަތަމަ ހަނދާނަށް ގެންނަންޖެހޭނެ ކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި މަޤާމުކަމަށެވެ. އަދި އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ބޭއިންސާފެއް، މާތްވެގެންވާ އިސްލާމްދީނުގައި ލައްވާފައި ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
“ހެޔޮ އަމަލުކުރުން ކަމުގައިވިޔަސް، ނުބައި އަމަލުކުރުން ކަމުގައިވިޔަސް، ޖަޒާ ލިބުމުގައިވެސް އޮތީ އަދުލުވެރިކަން. ހަމައެހެންމެ މުދާ މިލްކުކުރުމާއި ވިޔަފާރިކުރުންފަދަ އެހެނިހެން މުޢާމަލާތްތަކުގައިވެސް އަންހެނަކަށްވީތީ ހުރަސްއެޅޭ ނުވަތަ އުނިވާކަމެއްނެތް. އަޅުގަނޑުމެން މުސްލިމުން އިސްލާމްދީން ފުންކޮށް ބަލައި ވިސްނުމުން ކަށަވަރުވަނީ އަންހެނުންނަށް މާތްﷲ އެކަލާނގެ ދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމު. ޢަދުލު އިންސާފު، ޢިއްޒަތާއި ގަދަރު.” ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އާއިލީ ތަރައްޤީބެހޭ ވުޒާރާ)
އަންހެނުންނަކީ އުއްމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަން ފާހަގަކުރައްވާ، ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ، މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމަށާއި، ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ އެހީތެރިޔާކަމަށެވެ. އެހެންކަމުން މަންމައިންގެ ވާޖިބަކީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. “ކުރުކޮށް ދަންނަވާނަމަ ޤައުމެއް ބިނާކުރުމުގައި ހިނގާ މައިގަނޑު ހުރިހާކަމެއްގައި އެ ޤައުމެއް ބައްޓަންކުރުމުގެ ފުރަތަމަ މޭސްތިރިއަކީ މަންމަ. އެހެންކަމުން އަޅުގަނޑުމެން ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް މަންމައެއްގެ ވާޖިބު އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ. ހަމައެއާއެކު މަންމައަކަށްވުމުގެ އެދުމާއި އުއްމީދުގައި އަދި ހެޔޮ ދުޢާގައި ތިއްބެވި އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންގެ ފުރިހަަމަ އިޙްސާންތެރިކަމާއި ހެޔޮ ދުޢާ ދެމެހެއްޓުން ވަރަށް މުހިންމު.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރެހެންދި އެވޯޑަށް އިޝާރަތްކުރައްވާ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިއީ އަންހެނުންގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ހިތްވަރު ރަމްޒުކޮށްދޭ އެވޯޑެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މިއީ އަންހެނުން ކުރާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަަޒަންކުރުމަށްޓަކާ ދެވޭ އެވޯޑެއްކަން ފާހަގަކުރައްވާ ރެހެންދި އެވޯޑަކީ އަންހެނުން ބާރުވެރިކޮށް، ހުނަރުވެރިކޮށް ހުރިހާ ދާއިރާއެއްގައި ފުރުޞަތުތައް ތަނަވަސްކޮށްދީ، އަންހެނުންގެ މަޤާމާއި ދަރަޖަ އުފުލައި ދިނުމަށް ދެވޭ އެވޯޑެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޙަފްލާގައި މި އެވޯޑް ހާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަރުހަބާ ދަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
