
ސްޕޭނުގެ އެންމެ ވަރުގަދަ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑް އަމިއްލަ ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގިނަ މީޑިއާތަކުން ބުނާ ގޮތުގައި މިއީ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމަށް ކުރި ހޭދައިގެ ސަބަބުން އިތުރުވެފައިވާ ދަރަނިން ސަލާމަތްވުމަށް ގެންނަ ބަދަލެކެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލްގެ ސްޓޭޑައަމް ހެދުމަށް ނެގި ދަރަނި އެއް ބިލިއަން ޔޫރޯ އަށް އަރަ އެވެ. ނަމަވެސް މިއީ ދަރަނީގެ ގޮތުގައި އެކުލަބުގެ ހިސާބުތަކުން އަދި ފެންނާކަށް ނެތެވެ. ރެއާލް މެޑްރިޑްގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިހާރު ވަނީ ކުއްލި ކޮންގްރެސްއަކަށް ގޮވާލަން ތައްޔާރުވެފަ އެވެ. ކުލަބުގެ ހިންގުމަށް ގެންނާނެ ބަދަލު ފާސްކުރަން ޖެހޭނީ މި ކޮންގްރެސްއިންނެވެ. އޭގެ ފަހުން ކުލަބުގެ މެމްބަރުންގެ މެދުގައި ވޯޓު ނަގާނެ އެވެ.
ޕެރޭޒް ބޭނުންވަނީ ރެއާލް މެޑްރިޑް ހިއްސާ މެމްބަރުންނަށް ވިއްކާލުމަށެވެ. މި ގޮތުން ކޮންމެ މެމްބަރަކަށް އެއް ހިއްސާ ވިއްކާލުމަށެވެ. ރެއާލް މެޑްރިޑްގެ ރަޖިސްޓަރީގައި ވޯޓު ލެވޭ 96000 މެމްބަރުން އެބަތިއްބެވެ. އެއްވެސް ނިންމުމެއް ފައިނަލްވާނީ މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވޯޓުދީގެންނެވެ. ރެއާލް މެޑްރިޑްގެ ޖުމުލަ އަގު 10 ބިލިއަން ޔޫރޯ އަށް އަރަ އެވެ. ޕެރޭޒްގެ ވިސްނުމަކީ މެމްބަރުންނަށް ހިއްސާ ވިއްކައި ކުލަބުގެ 10 ޕަސެންޓް ހިއްސާ ކޮންމެވެސް ބަޔަކަށް ވިއްކާލުމަށެވެ. އޭރުން ދަރަނީގެ ގޮތުގައި ފާހަގަކުރާ އެއް ބިލިއަން ޔޫރޯ ވަގުތުން ސަލާމަތް ކުރެވިދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
