
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. މަންދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތްތާ ގާތްގަނޑަކަށް 10 އަހަރަށްވުރެ ގިނަދުވަސް ވެއްޖެ ކަމަށާއި އެރަށުގައި ފުޓްސަލް ދަނޑެއް ހުޅުވުން މިއީ ވަރަށް ދުވަސްވީ އުންމީދެއް ކަމަށް އެ ދަނޑުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި މަންދޫ ޒުވާނުން ބުނެފިއެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުން އެމްޓީސީސީއާއި ހަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓްސަލު ދަނޑު ހުޅުވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ވަޒީރުން ވަޑައިގެންނެވުމަކީ އެރަށުގެ ރައްޔިތުން އުންމީދުވެސް ކުރިކަމެއް ނޫންކަމަށްވެސް އެރަށުގެ ޒުވާނުންގެ ފަރާތުން ވާހަކަދެއްކި އަރީފު ބުންޏެވެ. އޭނާ ބުނީ ޒުވާނުންގެ އެދުމަށް ރައީސް ދެއްވި މިއިޖާބައަކީ މުޅި މަންދޫއަށްވެސް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
“އަޅުގަނޑުމެން ރައީސްއަށް ރިކުއެސްޓްކޮށްލިން ނޮވެމްބަރުމަހުގެ ނިޔަލަށް ދަނޑު ނިންމައިދިނުމަށް. އެކަމަކު އަޅުގަނޑުމެން އެދުނު މުއްދަތަށްވުރެ މާއަވަހަށް ރައީސް ދަނޑު ނިންމަވައިދެއްވާ އަޅުގަނޑުމެން ޒުވާނުން އެދުނު ދައުވަތު ގަބޫލުކުރައްވާ އަޅުގަނޑުމެންނާއެކު ކުޅެން ވަޑައިގަތުން މީ އަސްލު ވަރަށް ބޮޑު އުފަލެއް. މީ އަޅުގަނޑުމެން އަސްލު އުންމީދުވެސް ނުކުރާވަރުގެ ކަމެއް.” އަރީފު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
މަންދޫއާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބެހެއްޓެވި ގާތްކަމަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ކަމެއް ނޫން ކަމަށާއި، އެކަމަށްޓަކައި މަންދޫ ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް އަރީފް ބުންޏެވެ. މަންދޫ ފުޓްސަލް ދަނޑާއި ޖެހިގެން އޮތް ފުޓުބޯޅަ ދަނޑުގެ މަސައްކަތް 210 ދުވަހުގެތެރޭގައި ނިންމަން ހަވާލުކޮށްފައިވާއިރު އަރީފު ބުނީ މިކަންކަމުން ފެނިގެންދަނީ ރައީސް ދައްކަވާ ވާހަކަފުޅާއި އެއްގޮތަށް އަމަލުކުރައްވާ މަންޒަރުކަމަށެވެ. އަދި މަންދޫ ކަހަލަ ކުޑަ ރަށެއްނަމަވެސް ރައީސް ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވާނެ ގޮތެއްވެސް ނޭންގޭ ކަމަށް އޭނާ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
