
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަންދޫ ޒުވާނުން 10 އަހަރު ވަންދެން އެދިއެދި ތިބި ފުޓްސަލް ދަނޑުގެ މަސައްކަތް އެއްމަސްތެރޭ ނިންމައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމާ ބޭނުން ކުރެވޭނެ ގޮތް ހަދައިދެއްވުމަކީ އެރަށު ޒުވާނުން ރައީސް އެރަށަށް ކުރެއްވި ދަތުރުގައި އެދުނު ވަރަށް ބޮޑުއެދުމެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެރަށަށް ކުރެއްވި ޒިޔާރަތުގެތުގައި އެރަށުގެ ރައްޔިތުންވަނީ މިމަހު އެއަތޮޅުގައި އޮންނަ މުބާރާތަކަށް ދަނޑު ނިންމާ ދެއްވައި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަ ވަގުތުކޮޅަކު ނަމަވެސް ބައިވެރިވަޑައިގެން ދެއްވުމަށް ރައީސަށް ދައުވަތު ދެއްވާފައެވެ. މަންދޫގައި ފުޓްސަލް ދަނޑެއް ނެތި އަހަރުތަކެއް ވެފައިވާއިރު މިއީ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް އެރަށުގެ ގިނަ މީހުން ދެކެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޒުވާނުންގެ މިއެދުމާއި އެއްގޮތަށް ދޮޅުމަހެއްހާ ދުވަހުން މަސައްކަތް ނިންމާ އިއްޔެ އެ ދަނޑު ހުޅުއްވާ ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓްސަލް މެޗެއް އެދަނޑުގައި ކުޅުއްވާފައެވެ. މަންދޫގެ ޓީމަކާއެކު ކުޅުނު މި މެޗުގައި ރައީސްގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ދަނޑު ހުޅުވުމަށް ވަޑައިގެން ރައީސް ރައްޔިތުންނާއިއެކު ވަގުތުކޮޅެއްހޭދަ ކުރެއްވުމުން، އެރަށުގެ ޒުވާނުންގެ ފަރާތުން ވަނީ ރައީސަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަންދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއާއި ކުޅިވަރު ވުޒާރާއިން ހަވާލުކުރެއްވީ 1 އޮކްޓޫބަރުގައެވެ. މި ދަނޑުގެ މަސައްކަތް ނިންމާފައިމިވަނީ ރޭގަނޑުވެސް އެތަން ބޭނުން ކުރެވޭ ގޮތަށް ލައިޓް ހަރުކޮށް، ވަށާފާރު ރާނާ ފެންސް ޖަހާ، ޓާފް އަޅައިގެންނެވެ. މިއީ މަންދޫގެ ޒުވާނުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ދަނޑުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތައް ލިބި އެއްބައިވަންތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
މަންދޫގައި އަންނަނީ ފުޓްބޯޅަ ދަނޑެއްވެސް ތަރައްޤީކުރަމުންނެވެ. އެ މަސައްކަތްވެސް ކުރިޔަށް ގެންދަނީވެސް އެމްޓީސީސީންނެވެ. މި މަޝްރޫއުގެ ދަށުން އެ ދަނޑުގެ ވަށާފާރު ރޭނުމާއި، ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމާއި ސަބްބޭސް ތައްޔާރުކުރުމާއި، ޓާފް އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
