
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޕީއެންސީގެ ރޭގެ ބޮޑު ޖަލްސާ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުން ކަމަށެވެ.
“މި ވަގުތު ވެސް މި ތަނުގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން އެބަތިބި ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބިފައި ވަނީ،” އެތައް ހާސް ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ އެހާ ގިނަ ބަޔަކު މާލެއިންނާއި އެކި ރަށްރަށުން މިރޭގެ ޖަލްސާގައި ބައިވެރިވެފައިވާތީ ޝުކުރު އަދާކުރައްވައިފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޕީއެންސީގެ މި ބިޔަ ޖަލްސާގެ ބޭނުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް އަންނަ ހޯމަ ދުވަހު ދެ އަހަރު ފުރޭތީ އެ މަނިކުފާނަށާއި މި ސަރުކާރަށް އޮތް ތާއީދު ހާމަކުރުމެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ޖަލްސާ އަށް މީހުން މާލެ ގެނެސްފައި ވެ އެވެ. އެހެންވެ، މި ހަފުތާ ބަންދު ފާހަކުރަމުން އަންނަނީ ޕީއެންސީގެ “ބޮޑު އީދެއްގެ” ގޮތުގަ އެވެ. ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގެ ކާމިޔާބީތަކާ ގުޅޭ ގޮތުން ތަފުސީކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ ވައުދަކާއި ސިޔާސަތުތައް ކުރިއަށް ގެންދަނީ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ. “މި ތިން ދާއިރާއަކީ މި ސަރުކާރުގެ ސިޔާސަތުތައް އެންމެ ކުރުކޮށް ދަންނަވަންޏާ ތަރުތީބު ކުރެވިފައިވާ ގޮތް. ކޮންމެ ވައުދެއް ވެސް ކޮންމެ ސިޔާސަތެއް ވެސް ކޮންމެ މަޝްރޫއެއް ވެސް ބެހިގެންދަނީ މި ތިން ދާއިރާގެ މައްޗަށް،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
