
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ ވަލީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދޭނެ މަގުފަހިކޮށްދެއްވާ، ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑު އުފައްދާ މިހާތަނަށް މި ފަންޑުގެ ތެރެއިން ފަރުވާ ހޯދަމުން ދިޔަ 23 ފަރާތެއް ކާމިޔާބުވެފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައިވެސް ރައްޔިތުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އައިނު ހެއްދުމުގައި ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ހޭދަކޮށްގެން އައިނު ހައްދަން ޖެހުންކަން ފާހަގަކުރައްވާ ހީނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާސަންދަ މެދުވެރިކޮށް ހިލޭ އައިނު ހެއްދޭ މިންވަރު 2000 ރުފިޔާއަށް ބޮޑު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ހީނާ ވަނީ، އެކަނިވެރިމައިންނާއި، ބަފައިންގެ އެލަވެންސް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ހީނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ލޯނު ސްކީމުތައް ތަޢާރަފްކޮށް، ކުންފުނިތަކުގެ ބޯޑުތަކުގައި ތިބި އަންހެނުން އިތުރުކޮށްދެއްވައި، ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތްކުރައްވަނީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ވެރިކަމުގައި ވޭތުވެދިޔަ 2 އަހަރުތެރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެ ކަންކަމަށް ޙައްލު ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
” ވޭތުވެދިޔަ 2 އަހަރުތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރެއްވީވެސް ރައްޔިތުންނާ މެދު ހިތްފުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން. ރައްޔިތުންގެ އަޑުއައްސަވާ އެންމެ ގާތުން ކަންކަން ދެކެވަޑައިގަންނަވާ، ރައީސްއާ އެންމެ ގާތުގައި ޖަލްސާތަކުގައި ތިއްބެވި ތަން އަޅުގަނޑުމެންނަށް ފެނުނީ ރަށްރަށުގެ އިސްރަށްވެހިން. މުޅިން މަންޒަރު ބަދަލުކޮށްދެވީ، ރައީސް މުއިއްޒު”. ހީނާ ވަލީދު ވިދާޅުވިއެވެ. މީގެއިތުރުން ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަކީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ވެރިއެއްކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
