
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގެ ސްވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. ފަލަސްޠީނާއި ރާއްޖެ ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗަށް ސްވެނިއަރ ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްސްއެޕްއިން މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. އަދި ދަނޑުގެ ޓިކެޓް ކައުންޓަރުންވެސް ޓިކެޓް ގަނެވޭނެއެވެ. ސްވެނިއަރ ޓިކެޓް ގަނެގެން ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް އެހީތެރިވުމުގައި ކޮންމެ މީހަކަށްވެސް ބައިވެރިވުމަށް ލިބޭ މި ފުރުސަތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެވެސް ވަރަށް ބޮޑު އެދުމެކެވެ.
އެފްއޭއެމްއިން ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ނިންމާފައިވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށެވެ. އެފްއޭއެމްއިން އެދެނީ ވީހާވެސް ގިނަ ބަޔަކު ސްވެނިއާ ޓިކެޓް ގަނެ ފަލަސްޠީނު ޓީމަށް ފައިސާ ހަދިޔާކުރުމަށް އެ އިދާރާއިން އިސްނަގައިގެން ކުރާ މަސައްކަތްތަށް ތަރުހީބު ދިނުމަށެވެ. ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ދެވަނަ މެޗަށްވެސް ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓާއި 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކާނެއެވެ. ސްވެނިއަރ ޕްލެޓިނަމް ޓިކެޓަކީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ސްވެނިއަރ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
މި ކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ވަނީ ސްވެނިއަރ ޓިކެޓް ބައްލަވައިގެންފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުންވެސް މިކަމަށް ބޮޑު ތަރުހީބެއް ދެއްވާފައިވެއެވެ. ރާއްޖެ އާއި ފަލަސްޠީނުގެ އެކުވެރިކަމުގެ ދެވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗު ފަލަސްޠީނުން ވަނީ 6-0 ން ކާމިޔާބުކޮށްފައެވެ. ފަލަސްތީނުގެ ގައުމީ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދީފައިވަނީ ދިވެހި ސަރުކާރާއި އެފްއޭއެމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
