
ކުލަބް އީގަލްސްގެ ޒުވާން ކީޕަރު މުހައްމަދު އަޝްވާންގެ ބަދަލުގައި ގައުމީ ފުޓްބޯޅަ ޓީމަށް މާޒިޔާގެ ކީޕަރު އިޔާން އަބްދުލްއަލީމް ނަގައިފި އެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި ބަދަލު ގެނައީ އަޝްވާނަށް އަނިޔާވުމުން ކަމަށެވެ. ނަމަވެސް މީގެ އެއްވެސް ތަފްސީލެއް ނުދެ އެވެ. ގައުމީ ޓީމުގައި މި ވަގުތު ވެސް މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް އެބަހުއްޓެވެ. ރާއްޖޭގެ ގައުމީ ޓީމު މިވަގުތު ތައްޔާރުވަމުން ދަނީ މި މަހުގެ އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށެވެ. ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގެ ދަށުން ފަރިތަކުރަމުންދާ ޓީމު މިވަގުތު އޮތީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެ ޓޭބަލުގެ ފުލުގަ އެވެ. ޕިލިޕީންސް އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ.
އަޝްވާނަކީ މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގައި އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރެކެވެ. އަދި މިއީ އޭނާ އަށް ޓީމުން ޖާހަ ލިބުނު ފުރަތަމަ ފަހަރު ވެސްމެ އެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އަޝްވާނަކީ އޭނާ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11ގައި ކުޅެވޭނެ ފެންވަރުހުރި ކުރިމަގު އުޖާލާ ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
