
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ފުޓްބޯޅަ ޓީމުން ވަކިކޮށްފައިވާ މިޑްފީލްޑަރު އަޙްމަދު އައިހަމް މައާފަށް އެދިއްޖެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އައިހަމް ގައުމީ ޓީމުން ވަކިކުރީ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ނައިސް ހުއްދަ ނުހޯދާ އޭނާގެ އުފަންރަށް ހއ. އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައި ކުޅުމުގެސަބަބުންނެވެ. މިކަމާއި ގުޅޭ ގޮތުން އައިހަމް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާއަށް ކަންތައް ކުރެވުނު ގޮތާމެދު ފުޓްބޯޅަ އެެސޯސިއޭޝަނާއި ކޯޗިން ސްޓާފުންގެ ކިބައިންނާއި ގައުމީ ޓީމުގެ އެންމެހާ ކުޅުންތެރިންނާއި ފުޓްބޯޅައަށް ލޯބިކުރާ އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އަދި އެކަމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށާއި އޭނާގެ އެ އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގަބޫލުކުރާކަމަށް އައިހަމްގެ ބަޔާނުގައިވެއެވެ. އޭނާއަށް ކަންތައް ކުރެވުނީ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ މިންގަނޑުން ބޭރުންކަމަށް ގަބޫލުކުރާކަމަށްވެސް އައިހަމް ބުނެފައިވެއެވެ. ގައުމީ ޓީމު ތަމްސީލުކުރުމަކީ ކޮންމެ އެތުލީޓަކަށްވެސް ބޮޑު ފަޚުރެއް ކަމަށާއި ގައުމީ ޓީމަށް ދެމުން އައި އަހަންމިއްޔަތާއި އޭނާއަށް އޮތް އިތުބާރަށް ބުރޫއަރާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް އައިހަމް ބުނެފައިވެއެވެ. އަދި މިކަމުން ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށާއި އެފްއޭއެމް އާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ގައުމީ ޓީމުގެ މުހިންމު މެޗެއް ކުރިމަތީގައި އޮއްވާ އައިހަމް ޓީމުން ވަކިކުރީ 10 ނޮވެމްބަރުގައެވެ. ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ މިމަހުގެ 18 ގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗަށެވެ. އައިހަމް ވަނީ އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި އައިހަމް ވަނީ ދިވެހި ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. އައިހަމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގައިވެސް މުހިންމު ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
