
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ރާއްޖެ އާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ އެކުވެރިކަމުގެ މެޗުގެ ޕްލެޓިނަމް ސުވެނިއާ ޓިކެޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިގެންފި އެވެ. އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވުމަށް ރާއްޖޭގައި މިވަގުތު ކޭމްޕްކޮށްފައި އޮތް ފަލަސްތީނު ޓީމުން މިރެ އާއި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗަށް ދަނޑަށް ވަދެވޭނީ ހިލެ އެވެ. އެކަމަކު އެފްއޭއެމުން ނިންމާފައި އޮތީ ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގޮތުން ސުވެނިއާ ޓިކެޓްތަކެއް ވިއްކުމަށެވެ.
އެފްއޭއެމުން ބުނީ މި ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގެންނެވީ ރައީސް ކަމަށެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ޓިކެޓް ރައީސްއާ ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. ސުވެނިއާ ޓިކެޓްތަކުގެ ތެރެއިން ޕްލެޓިނަމް ކެޓަގަރީގެ ޓިކެއްގެ އަގަކީ 1000ރ. އެވެ. ރޮސްޓަރަމް އާއި ވީއައިޕީގައި ތިބެ ކުޅިބަލަން ފުރުސަތު ލިބޭ މި ކެޓަގަރީން ވިއްކާނީ ޖުމްލަ 50 ޓިކެޓެވެ. ރޮސްޓަރަމްގެ ދެ ފަޅިން ގޮނޑިބަރީގައި ތިބެ މެޗު ބެލޭ ކެޓަގަރީން ވިއްކަނީ 500ރ. ގެ 200 ޓިކެޓެވެ.
އެފްއޭއެމުން ބުނީ މި ފައިސާ ހަދިޔާކުރާނީ ފަލަސްތީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ގޮތުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށެވެ. ފަލަސްތީނުގެ އެދުމުގެ މަތިން ރާއްޖޭގައި ބާއްވައިދޭ ކޭމްޕުގެ ހުރިހާ ހަރަދެއް ކުރަނީ ސަރުކާރުންނެވެ. އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރާއި، އެފްއޭއެމް ގުޅިގެންނެވެ. މި މަހުގެ 22 އިން 30 އަށް އިންޑިއާގައި އޮންނަ ކޮލިފައިންގައި ފަލަސްތީން ހިމެނެނީ އިންޑިއާގެ އިތުރުން އީރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނާ އެއް ގްރޫޕެއްގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
