
(ފޮޓޯ ކްރެޑިޓްސް: ދައުރު)
މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފެށި އޮޕަރޭޝަން “އަލިމަގު” ހުއްޓާލާނީ އެ ވަބާ މުޅި ރާއްޖެއިން ނައްތާލުމަށްފަހުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އޮޕަރޭޝަން “އަލިމަގު”އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި ޚާއްސަ އޮޕަރޭޝަނެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ “އަލިމަގު” އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްދާކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެތެރެކޮށްފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދާ ކަމަށެވެ. ދާޚިލީ ވަޒީރު ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖެއްވެސް ދެއްވާފައެވެ. އެގޮތުން މިކަން ދެން ރާއްޖޭގައި ނުކުރެވޭނެކަމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޅިން ރައްޖެ ފުހެވެންދެން 24 ގަޑިއިރު، ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން.” ދާޚިލީ ވަޒީރު ވިދާޅުވިއެވެ. ފުލުހުންގެ ހުރިހާ ބާރެއް ގުޅިގެން އޮޕަރޭޝަން ފަށާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 މީހުން މިހާރު މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރާ ތަންތަން ބަލައި ފާސްކޮށް، ވިއްކާ މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރި 100 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕޮލިސް)
“އޮޕަރޭޝަން އަލިމަގު” ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ފަށާފައެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދެއެވެ.
“އޮޕަރޭޝަން އަލިމަގު” އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
