
(ފޮޓޯ ކްރެޑިޓްސް: އެމްކޭ ޕްރޮޕާޓީސް)
ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ޓޫރިސްޓު ރިސޯޓު ބްރޭންޑް، އެޓްލާންޓިސްގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވާން ފަށައިފި އެވެ. ދެކުނު މާލެ އަތޮޅުގައި އޮންނަ ވާރެއްދޫގައި އެ ރިސޯޓު ހަދަނީ ވަކި ދެ ރަށެއްގެ ގޮތަށެވެ. އޭގެ ތެރެއިން އެއް ރަށް ހަދަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ އާއިލާތަކަށް ހާއްސަކޮށް “ފެމިލީ ރިސޯޓެއް” ގެ ގޮތުގަ އެވެ. އަނެއް ރަށް ހަދަނީ ލަގްޒަރީ ކޮންސެޕްޓަށެވެ. އެ ދެ ރަށުގައި 270 ކޮޓަރި އާއި 223 ވިލާ ހަދާއިރު، ތަފާތު 20 ރެސްޓޯރަންޓަކާއި ސްޕާ، އިންޑޯ އަދި އައުޓްޑޯ ފިޓްނެސް ސެންޓަރުގެ ހިދުމަތް ގެސްޓުންނަށް ލިބެން ހުންނާނެ އެވެ.
ދެ ބީޗް ކްލަބް ހިމެނޭ މި ރިސޯޓުގެ އެންމެ ހާއްސަ ސިފައަކީ ތަފާތު 15 ރައިޑާ އެކު ތަރައްގީކުރާ 70،000 އަކަ މީޓަރުގެ ބޮޑު ވޯޓާ ތީމްޕާކެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްކޭ ޕްރޮޕާޓީސް)
އެ ރިސޯޓު ތަރައްގީ ކުރަނީ، އެ ރަށުގެ ގުދުރަތީ ރީތި ކަމާއި ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދީގެންނެވެ. މިގޮތުން، އެ ރިސޯޓުގައި މުރަކަ އިންދުމާއި ފެނާއި އިއާދަކުރަނި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ވަނީ ގާއިމުކޮށްފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ލަގްޒަރީ ރިސޯޓާއި ހޮޓާ ހިންގާ ކާޒްނާ އިންޓަނޭޝަނަލް އާއި އެސެޓް ގްރޫޕު ގުޅިގެން “އެޓްލާންޓިސް ދަ ރޯޔަލް”ގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2029 ވަނަ އަހަރު އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
