
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަތޮޅު ފެންވަރުގައި ބާއްވާ އެކި ކަހަލަ މުބާރާތްތަކުގައި ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ހއ.އުތީމު ގައި ކުރިއަށްދިޔަ މިލައުތުރު ފުޓްސެލް މުބާރާތު ފައިނަލް މެޗު ޝަރަފްވެރިކޮއްދެވުމަށް ވަޑައިގެން ފައިނަލު މެޗު ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ބޭއްވޭ މި ފެންވުރުގެ މިބާރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުލުންވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަދަ ބޮޑު މުބާރާތެއް އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވައިލެވިގެން ބޭއްވުމަކީ ވަރަށް ބޮޑު އިޖްތިމާއި ހަރަކާތެއް ކަން ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގެ ސަބަބުން ހއ އަތޮޅަށް އިގްތިސީދާ ގޮތުން ބޮޑެތި މަންފާތަކެއް ލިބގެންދިޔަ ކަން ފާހަގަކުރައްވަވާ ނައިބު ރައީސް ވިދާޅުވީ އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަތޮޅު ތެރޭގައި ބޭއްވޭ މިކަހަލަ މުބާރާތްތަކުގެ ސަބަބުން ދެކެފަރިތަ ކުޅުންތެރިންނާ އާމުންނާއި އަދި ހަމަ އެހެންމެ ނުދަންނަ އެތަށް ބަޔެއްގެ މެދުގައި ގުޅުން ބަދަހިވެ ރަށްތަކުގެ މެދުގައި ވާދެވިރިކަން ފެންނަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މި ފެންވަރުގެ މުބާރާތްތަކު އަތޮޅު ތެރޭގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން ފާހަގަވުމުގެ އިތުރުން ރަށްތަކަށް އިގްތިސާދީ ގޮތުން ނަފާހޯދޭ މަގެއް މި މުބާރާތްތަކުން ހުޅިވިފަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ” މިފަދަ ފޯރިގަދަ މުބާރާތެއް އަދި ހާއްސަކޮށް މިތަނަށް ބަލާލީމަ ފެންނާނެ ދެ ރަށުގެ މުބާރާތުގެ ފައިނަލު މެޗަށް ތައްޔާރުވެފަ އޮތް މިންވަރު، ސަޕޯޓަރުން ރައްޔިތުން ކުދި ބޮޑު އެންމެން އެއްތަނަކަށް ޖަމާވެ، ރަށަށް ތަށިގެންދިޔުމައްޓަކައި ކެތްމަދުވެފަ އެތީ ސަޕޯޓްކުރަން.” މުބާރާތުގެ ފޯރިއޮތް މިންވަރަށް އިޝާރަތްކުރައްވަވާ ނައިބު ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގައި މިފަދަ މުބާރާތްތައް ބޭއްވުމަށް ކުއިންސިލްތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވަވާ މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކަށް ނައިބު ރައީސް ވަނީ ހިއްވަރު ދެއްވަވާ ޝުކުރު އަދާކުރައްވަވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
