
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހަތަރު ވަނަ ތިލައުތުރު ފުޓްސެލް މުބާރާތުގެ ތަށި ހއ އަތީމުން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. އުތީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުރައިދު އާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވައިރު 1-1 އެވަރުވުމުން ޕެނެލްޓީގައި 3-5 ލަނޑުން ކުރިހޯދައިގެންނެވެ. ތިލަދުންމަތި އުތުރުބުރީގަ ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް މިފަހަރު ބޭއްވީ އުތީމުގައެވެ. މި އަހަރު މުބާރާތުގައި ހއ އަތޮޅުގެ 9 ރަށަކުން ވަނީ ވާދަކޮއްފައެވެ. މުބާރާތުގެ ފައިނަލަށް އުތީމު ދަތުރުކުރީ ސެމީ ފައިނަލުގައި ދިއްދޫ ބަލިކުރުމައްފަހުއެވެ. މުރައިދޫ ފައިނަލަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ބަލިކުރުމަށްފަހުއެވެ.
އުތީމުން މިފަހަރު ތަށި ހޯދީ ފުރަތަމަ ތިން ފައިނަލުގައި ވެސް ނާކާމިޔާބާ ކުރިމަތިލުމަށް ފަހުއެވެ. އުތީމު ޗެމްޕިއަންކަން ހޯދުމާއެކު ތިލައުތުރު ފުޓްސެލް މުބާރާތުގެ ހަތަރު މުބާރާތުގެ ތަށި ވަނީ ތަފާތު ހަތަރު ރަށަކުން ކާމިޔާބުކޮއްފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާ މެޑަލް ހަވާލުކޮއްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އަދި މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
