
ރެއާލް މެޑްރިޑްގެ މުހިންމު ފަސް ކުޅުންތެރިއަކަށް ކޯޗު ޒަބީ އަލޮންސޯ ކަމުނުދާ ކަމަށާއި ކޯޗާމެދު ވަރަށް ބޮޑަށް މި ކުޅުންތެރިން ހިތްހަމަނުޖެހިފައި ތިބި ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ. މި ފޯރީގެ ތެރެއަށް އިނގިރޭސި މީޑިއާއިންވަދެ އެންމެ ފަހުން ވަނީ އަލޮންސޯ ދެކެ ހިތްހަމަ ނުޖެހިގެން އުޅޭ ކުޅުންތެރިން ވެސް ހޯދައިފަ އެވެ. އެއީ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އާއި ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އާއި މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އާއި ފްރެޑްރިކޯ ވަލްވާޑޭ އާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ އެވެ. މިއީ ރެއާލްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ.
މި ކުޅުންތެރިންގެ ތެރެއިން ވިނީޝިއުސް ވަނީ އަލޮންސޯއާ ވަރަށް ގިނަ ފަހަރު ކުރިމަތިލައިފަ އެވެ. އޭނާގެ ހިތްހަމަނުޖެހުމަކީ ގިނަ މެޗުތަކުގައި އޭނާ ބަދަލު ކުރުމެވެ. ކަމަވިންގާ އާއި ބެލިންހަމްގެ މައްސަލައަކީ ކޮބާކަމެއް އަދި ނޭނގެ އެވެ. މި ދެ ކުޅުންތެރިން މިހާތަނަށް އެއްވެސް ވާހަކަ އެއް ނުދައްކަ އެވެ. އެކަމަކު ވަލްވާޑޭ ވެސް ވަނީ ކޯޗު އޭނާ ލައްވައި މީގެ ކުރިން ނުކުޅޭ މަގާމުތަކަށް ކުޅުވާތީވެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. މި މައްސަލަ އެންމެ ފަހުން ފިނި ކުރީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެކަމުގެ ތެރޭގައި ބައިވެރިވެގެންނެވެ. ބެލްޖިއަމުގެ ގައުމީ ކީޕަރު ކޯޓުއާ އަލޮންސޯއާ ބެހޭ ގޮތުން ފާޅުގައި ވާހަކަ ނުދައްކަ އެވެ. ނަމަވެސް އޭނާ ވަނީ ޓީމު އަދިވެސް އޮތީ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީގެ ސްޓައިލް ދޫކޮށް ނުލެވިފައި ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ރެއާލްގެ ކުޅުންތެރިން އަލޮންސޯގެ ޕްލޭން ގަބޫލު ނުކުރާ މައިގަނޑު ސަބަބަކީ ފަހަތުން އެޓޭކް ބިނާކުރަން ފަށައި ބޯޅަ ނެތީސް ކުރަންޖެހޭ މަސައްކަތް ގިނަވުމުންނެވެ. އަދި ވީޑިއޯ އާއި ޑްރޯންގެ މަންޒަރުތައް ހިމަނައިގެން އޭނާ ހަދާފައިވާ އެނާލިސިސްތައް ކުޅުންތެރިން ބަލައި ނުގަންނަ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. މިއާ ހިލާފަށް ކުޅުންތެރިންނަށް އަދިވެސް ކަމުދަނީ އަންޗެލޯޓީ އާއި ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ގެންގުޅުނު ފަދަ ކުޅުންތެރިންނަށް ފްރީ ރޯލެއް ދީގެން ކުޅުވާ ސްޓައިލް ކަމަށްވެ އެވެ. ޒިދާން ވަނީ ރެއާލް އަށް ތިން ފަހަރު އަދި އަންޗެލޯޓީ ވަނީ ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ކުރިން ރެއާލް އާއި ލިވަޕޫލްގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކުޅުނު މިޑްފީލްޑަރު އަލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލުވީ ޖަރުމަނުގެ ބަޔާ ލެވްކޫސެންގައި ކާމިޔާބު ދެ އަހަރު ހޭދަކޮށްފަ އެވެ. އެއީ ތައްޓެއް ނުލިބި މިދިޔަ ސީޒަން ނިންމާލުމުން އަންޗެލޯޓީ ކޯޗުކަމުން ވަކިކުރުމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
