
ތުރުކީގެ ފެނަބާޗޭގެ ކޯޗުކަން ދޫކޮށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ދިޔައިރު އޭނާ ހުރި ހޮޓަލަށް 744000 ޔޫރޯ ނުދައްކައި އޮތް ކަމަށް ދުނިޔޭގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ. އުމުރުން 62 އަހަރުގެ ކާމިޔާބު ކޯޗު ފެންބާޗޭގައި ހޭދަކުރި 16 މަސް ދުވަހުގެ ތެރޭގައި މުޅިން ވެސް ހުރީ 19 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ މަޝްހޫރު ފޯ ސީޒަން ހޮޓަލުގަ އެވެ. މިއީ ފަސް ތަރީގެ ހޮޓަލެކެވެ. މި ތަނުގައި އައުޓްޑޯ އަދި އިންޑޯ ސްވިމިން ޕޫލް ހުރެއެވެ. ހޮޓަލުގެ ސްޓާފުންނާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ މޮރީނިއޯ އެތަނުގައި ހުރި އިރު ކެއުމަށް އާއްމުކޮށް ބޭނުން ކުރީ ޕިއްޒާ އާއި ޗޮކްލެޓް އައިސް ކްރީމާއި ޗިކަން ސޫޕް ކަމަށެވެ. ތުރުކީގައި ކޯޗުކޮށްދިންއިރު އަމިއްލަ ކުއްޔަށް ގެ އެއް ހިފައިގެން ހުންނަން އޭނާ ބޭނުމެއް ނުވި އެވެ.

މޮރީނިއޯ ހޮޓަލުގެ ބިލް ނުދައްކައި ދިއުމުން މި ބިލް ދައްކާނީ އޭނާތޯ ނުވަތަ ފެނަބާޗޭއިންތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ބައެއް ރިޕޯޓްތައް ބުނަނީ އޭނާ ބިލް ނުދައްކައި ދިޔައީ ފެނަބާޗޭގެ ކޯޗުކަމުން އޭނާ ވަކި ކުރުމުން އެ ކުލަބުން ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ އަދި ދީފައި ނުވާތީ އެވެ. އެއީ 15 މިލިއަން ޔޫރޯއެވެ. އާއްމުކޮށް މީޑިއާގައި ވާހަކަ ގިނަ ކޯޗު މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ފެންބާޗޭއިން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ މިހާރު ކޯޗުކޮށްދެމުން އަންނަނީ އަމިއްލަ ގައުމު ޕޯޗުގަލްގެ ބެންފީކާ އަށެވެ.
މޮރީނިއޯ އަކީ ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ އަދި އިނގިރޭސިވިލާތުގެ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ސްޕޭނުގެ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އަދި އިޓަލީގެ ރޯމާ އަށް ވެސް ކޯޗުކޮށްދީފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
