
ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ އެނބުރި އެ ޓީމަށް އައުމަކީ އަސްލެއް ނެތް ކަމެއް ކަމަށް އެ ޓީމުގެ ރައީސް ޖޯން ލަޕޯޓާ ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި އެއްވެސް ފަރާތަކަށް އެންގުމެއް ނެތި ބާސެލޯނާގެ ނޫކޭމްޕް ސްޓޭޑިއަމްއަށް މެސީ ދަންވަރުގެ ވަގުތެއްގައި ގޮސް ނަގާފައިވާ ފޮޓޯ ތަކެއް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމު ކުރުމާއި ގުޅިގެންނެވެ. ނޫކޭމްޕް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މެސީ އެތަނުގައި ނެގި ފޮޓޯ އާއިއެކު ބުނެފައިވާ ގޮތުގައި އެއީ އޭނާއަށް އަށް ވަރަށް ހާއްސަ ތަނެކެވެ. “ރޭގެ ވަގުތެއްގައި އަހަރެން އެންމެ ބޮޑަށް ހަނދާންވާ އެއް ތަނަށް އަހަރެން ދިޔައިން. އެއީ އަހަރެންގެ ހަޔާތުގައި އަހަންނަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނުވި ތަން އަދި އަހަރެންނަކީ ދުނިޔޭގެ އެންމެ އުފަލުގައި ހުރި މިހާގެ އިހުސާސް ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަންވެސްމެ. އަހަރެން އުންމީދު ކުރަނީ އަދި ކޮނެމެވެސް ދުވަހަކުން އެތަނަށް އެނބުރި އައުން.” މީގެ ތިން ދުވަސް ކުރިން މެސީގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
އަށް ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ބާސެލޯނާ ދޫކޮށް 2021 ވަނަ އަހަރު ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ 2023 ވަނަ އަހަރު އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އިންޓަރ މަޔާމީ އަށް ބަދަލުވެފަ އެވެ. ލާޕޯޓާ ބުނެފައިވަނީ ހަގީގަތެއް ނެތް އަދި އަސްލެއް ނެތް ވާހަކަތަކެއް ދެއްކުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. “އަސްލެއް ނެތް ވާހަކަ ދެއްކުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. ނަމަވެސް އަހަރެންވެސް ގަބޫލުކުރަން މެސީގެ ހަނދާނުގައި ހާއްސަ މެޗެއް ކުޅެން ވާނެ ކަމަށް. އަދި ނޫކޭމްޕް އަލުން ހުޅުވުމަށްފަހު އެފަދަ މެޗެއް ކުޅެވިގެންދާނެ.” ލަޕޯޓާ ބުންޏެވެ.
މެސީ ވަނީ ބާސެލޯނާގައި ހޭދަކުރި ދިގު މުއްދަތުގައި އެ ޓީމަށް ކުޅެދިން 778 މެޗުގައި 672 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ. އަދި ބާސެލޯނާއަށް ލަލީގާގެ ޗެމްޕިއަންކަން 10 ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދައިދިނުމުގައި މެސީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
