
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ބޭނުންވާނެ ޤާނޫނުއަސާސީ ލިޔެ، ތައްޔާރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވިދާޅުވެއްޖެއެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ އެކު ޕެރިހުގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން މެކްޚްރޮން ވިދާޅުވީ، ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ މަންދޫބުން ހިމެނޭ ކޮމިޓީއެއް އެކުލަވައިލައްވައި، ޤާނޫނު އަސާސީގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމުގައެވެ. ހުޅަނގު އައްސޭރީގައި ޕީއޭގެ ސަރުކާރަކުން ވެރިކަން ކުރަމުން ދިޔަ ނަމަވެސް އެއީ ޔަހޫދީންގެ އިސްތިޢުމާރީ ބާރުގެ ދަށުގައި އޮތް ބިމެކެވެ. އަދި، އެ ބިމުގެ ބޮޑު އިންސައްތައެއް ޔަހޫދީން އޮތީ ފޭރިގަނެފައެވެ. އަދި، ވެރިކަން ހިންގުމުގެ މަދު ބާރުތަކެއް ޕީއޭގެ އަތްމައްޗަށް ދޫކޮށްލާފައި އޮތް ނަމަވެސް، ހުޅަނގު އައްސޭރީގައި، ނަމެއްގައި އަމަން ބަލަހައްޓަމުން ދަނީ ޔަހޫދީ ސިފައިންނެވެ. ޕީއޭގެ އިތުރުން ހުޅަނގު އައްސޭރީގެ ރައްޔިތުން ވެސް ދިރިއުޅެމުން ދަނީ އަޅުވެތިކަމުގައެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދާދިފަހުން ވަނީ ޤަތުލުޢާންމެއް ހިންގާފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ޤަތުލުޢާންމުގައި އެ ސަހަރުން 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އަދި، 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. އޮކްޓޫބަރު 10ވަނަ ދުވަހު ޤަތުލުޢާންމު ހުއްޓައިލާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ، އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިންގެ ދައުރު އަދާ ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި މިޞްރާއި ޤަޠަރުގެ އިތުރުން ތުރުކީވިލާތް ހިމެނެއެވެ. ޔަހޫދީންގެ އެ ޤަތުލުޢާންމާ ދެކޮޅަށް ހުޅަނގުގެ ބައެއް ބާރުތަކުން ތެދުވެފައިވާއިރު، އޭގެ ތެރޭގައި ފަރަންސޭސިވިލާތުން އިސް ދައުރެއް އަދާކުރިއެވެ. މި ގޮތުން، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ސެޕްޓެންބަރު މަހުގެ ތެރޭގައި ބަލައިގަތް ޤައުމުތަކުގެ ލިސްޓުގައި ފަރަންސޭސިވިލާތް ހިމެނެއެވެ. އެއީ، ޔަހޫދީން އަދި އެމެރިކާ އެހާ ހިތްހަމަޖެހުނު ނިންމުމެއް ނޫނެވެ. ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ. އަދި، ބެލްޖިޔަމާއި ޕޯޗުގަލް ވެސް އެ ލިސްޓުގައި ހިމެނެއެވެ.
ޓްރަމްޕް އަޑީގައި ހުންނަވައިގެން އެކުލަވައިލެއްވި އެއްބަސްވުމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމާ ގުޅޭ އެއްވެސް މާއްދާއެއް ހިމަނާފައެއް ނުވެއެވެ. އަދި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ނުދޭނެ ކަމުގައި ޔަހޫދީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް، މެކްޚްރޮން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ބޭނުންވާނެ ޤާނޫނު އަސާސީ ލިޔެ، ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ގުޅިފައިވާ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ނިންމަވާފައިވާނެ ކަމުގައެވެ. “[ޤާނޫނުއަސާސީ އެކުލަވައިލުމަށް ބޭނުންވާނެ] ހުރިހާ ޤާނޫނީ، ދުސްތޫރީ، މުއައްސަސާތަކާ ބެހޭ އަދި އޮނިގަނޑާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރާނީ އެ ކޮމިޓީން،” މެކްޚްރޮން ވިދާޅުވިއެވެ.
“ޤާނޫނުއަސާސީގެ ދެލިކޮޕީއެއް ރައީސް ޢައްބާސް އަޅުގަނޑާ ހިއްސާ ކުރެއްވި، އެ އިތުރަށް ފުރިހަމަކޮށް އައު ޤާނޫނުއަސާސީއެއް އެކުލަވައިލުމުގެ މަސައްކަތަށް ކޮމިޓީން އެއްބާރުލުން ދޭނެ،” ޢައްބާހާ އެކު ބޭއްވެވި ބައްދަލުވުމުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން މެކްޚްރޮން ވިދާޅުވިއެވެ. މީގެ އިތުރުން، ޣައްޒާގައި ޔަހޫދީން ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުން އެހީތެރިކަން ފޯރުކޮށްދިނުމަށް 116 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީގެ ސާމާނު ފޯރުކޮށްދެއްވާނެ ކަމުގައި ވެސް މެކްޚްރޮން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
