
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް އަނެއްކާ ވެސް ފަލަސްޠީނުގެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދީފިއެވެ. އެނގިފައިވާ ގޮތުގައި ގިނަ ޢަދަދެއްްގެ ޔަހޫދީ ވަޒަންވެރިން ވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބައިތު ލީދާއި ދީރު ޝަރަފްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ބޮޑެތި ގަލާއި ލަޓިބުރި ބޭނުންކޮށް ޙަމަލާދީ، އެ މީހުންގެ ގެދޮރާއި ދަނޑުބިންތަކުގައި ހުޅުޖަހައިފައެވެ. އެ ޙަމަލާގައި ޒަޚަމްވި ހަތަރު މީހަކަށް ފަރުވާދީފައިވެއެވެ. ފަލަސްޠީނުގެ ވަޒީރެއް ކަމަށްވާ މުއައްޔަދު ޝާބަން ވިދާޅުވީ ޖުނައިދީ ކިޔާ ކުންފުންޏެއްގެ ހަތަރު ޓްރަކެއްގައި ޔަހޫދީން ރޯކޮށްލާފައިވާ ކަމަށެވެ. އޭގެ އިތުރުން ދަނޑުހައްދާ ބައެއް ސަރަޙައްދުތަކާއި އެ ސަރަޙައްދުގަައި ދިރިއުޅޭ ބަދަވީންގެ ޖިފުޓިތަކާއި ފޭލިގެތަލުގައި ހުޅުަޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު މަހުގެ 6ވަނަ ދުވަހު އދގެ އިންސާނީ ކަންކަމާ ގުޅޭ އިދާރާ، އޯސީއެޗްއޭއިން ބުނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެކަނި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން 264 ޙަމަލާދީފައިވާ ކަމަށެވެ. މިއީ ޔަހޫދީ ވަޒަންވެރިން ދޭ މި ފަދަ ޙަމަލާތައް 2006ވަނަ އަހަރު އދން ބަލަހައްޓަން ފެށިފަހުން މަހެއްގެ މައްޗަށް ދީފައިވާ މި ފަދަ އެންމެ ގިނަ ޙަމަލާއެވެ. މި ފަދަ ޙަމަލާތައް ދޭ މީހުންނާ ދެކޮޅަށް ޔަހޫދީން ފިޔަވަޅު އަޅަނީ ވަރަށް މަދު ފަހަރަކުއެވެ.
ހުޅަނގު އައްސޭރީގައި 2.7 މިލިޔަން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެއެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ ސަރަޙައްދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބައި މިލިޔަނެއްގާ ޔަހޫދީން ހުޅަނގު އައްސޭރީގައި ދިރިއުޅެއެވެ. ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ މި ފަދަ ސަރަޙައްދުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޤާއިމްކޮށްފައިވާ އަވަށްތަކެއް ކަމަށް އދއާއި ފަލަސްޠީނާއި ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
