
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ޑިފެންސިވް ސްޓައިލުގެ ކުޅުންތެރިއަކާ އެއްކޮށް ނުކުޅޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި، އެހެންކަމުން ދެވަނަ ބުރުގައި ތުރުކީގެ ޗެމްޕިއަން އެޗޭ ހަރާކްއާއި ވާދަކުރި މެޗަކީ އުނދަގޫ މެޗެއް ކަމަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރަމުން އަންނަ ފާތިމަތު ދީމާ ޢަލީ ބުނެފިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓުން ދެވަނަ ބުރުގައި ދީމާ ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. ގަދަ ހަތަކަށް ކުޅުނު ދެވަނަ ބުރުގެ މެޗުގައި ދީމާ ވަނީ ތުރުކީ ކުޅުންތެރިޔާ ބަލިކުރުމާއި ވަރަށް ގާތަށް ނަތީޖާ ގެންގޮސްފައެވެ. އެހެން ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު 6 ސެޓަށް ކުޅެގެން އެ މެޗު ތުރުކީގެ ކުޅުންތެރިޔާ ކާމިޔާބު ކުރިނަމަވެސް މެޗު ރަނގަޅު މިސްރާބަކަށް ގެންދެވުނު ކަމަށް ދީމާ ބުންޏެވެ.
އީރާނުގެ ތަޖުރިބާކާރު ކޯޗު މަހްދީ ޚޯޝްމަރަމްގެ އިރުޝާދާއި ދިވެހި ޓީމުގެ އެކުވެރިންގެ އެހީތެރިކަމާއެކު ދެވަނަ ބުރުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް ދީމާ ފާހަގަކުރިއެވެ. ދީމާ ބުނީ އޭނާ މިކަހަލަ ބައިނަލްއަގްވާމީ މެޗެއް ނުކުޅޭތާ 2 އަހަރެއްހާ ދުވަސް ވެދާނެކަމަށާއި، އެ މެޗު އުނދަގޫވީ އެހެންވެ ކަމަށެވެ. އެހެންނަމަވެސް ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ނެރެވުނީ ރަނގަޅު ނަތީޖާއެއް ކަމަށް އޭނާ ބުންޏެވެ. ދީމާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ތުރުކީގެ ހަރާކް ވަނީ ވަރަށް ވަރުގަދަ އެޓޭކްތަކެއް ކޮށްފައެވެ. ޑިފެންސިވް ސްޓްރޯކްތައް ގިނަ މި މެޗަށް ނިކުތްއިރު ދީމާއަކީ މިސްޓައިލުގެ ކުޅުމުގެ ތަޖްރިބާ ހުރި ކުޅުންތެރިއެއް ނޫނެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ޑިފެންސިވް އަދި ޗޮޕީ ސްޓައިލްގެ ކުޅުމުގެ ވައްޓަފާޅިނެތް ކަމަށް ޓީމުގެ ކޯޗު ޚޯޝްމަރަމްވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ދީމާ ދެވަނަ ބުރުގައި ދެއްކި ކުޅުމާމެދު ފަޚުރުވެރިވާކަމަށާއި، ކުރިޔަށް އޮތްތަނުގައި ދީމާއަށް ކާމިޔާބީ ހޯދޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ކޯޗު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
