
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025 ގެ ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓުން ދެވަނަ ބުރުގައި ފާތިމަތު ދީމާ ޢަލީ ދެއްކި ކުޅުމާމެދު ފަޚުރުވެރިވާކަމަށާއި، އުންމީދަކީ އޭނާއަށް ބައިނަލްއަޤްވާމީ ރަނގަޅު ކޭމްޕެއްގެ ފުރުސަތު ލިބުން ކަމަށް ޤައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު މަހްދީ ޚޯޝްމަރަމް ބުނެފިއެވެ. ރާއްޖެއިން މި މުބާރާތުގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ޖާގަހޯދި ހަމައެކަނި ކުޅުންތެރިޔާ ދީމާ ވާދަކުރީ، ތުރުކީގެ ޗެމްޕިއަން އެޗޭ ހަރާކްއާއެވެ. ގަދަ ހަތަކަށް ކުޅުނު މި މެޗު ވަރަށް ވާދަވެރިކޮށް ދިޔައިރު 6 ސެޓަށް ކުޅުމަށްފަހު މި މެޗު ކާމިޔާބުކުރީގެ ތުރުކީގެ ހަރާކެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކޯޗު ޚޯޝްމަރަމް ބުނީ މިއީ ދީމާއަށް ރަނގަޅު ޕްރެކްޓިހެއް ލިބުނު މެޗެއް ކަމަށާއި ރަނގަޅު އިންޓަނޭޝަނަލް ކޭމްޕެއްގައި އޭނާއަށް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި އެ މެޗު ކާމިޔާބުކުރުމާ ވަރަށް ގާތަށް ދީމާއަށް ދެވުނު ކަމަށެވެ.
“ވަރަށް ކައިރިކުރި ނަތީޖާ، ދެންއަންނަ މުބާރާތެއް އިންޝާﷲ، އަހަރެންގެ ވަރަށް އުންމީދު އެބައޮތް ކާމިޔާބުކުރެވޭނެ ކަމުގެ” ކޯޗު ބުންޏެވެ. ދީމާއަށް ކުރިޔަށް އޮތްތަނުގައިވެސް މި ގޭމްސްގައި ބައިވެރިވެ އެކި ޤައުމުތަކުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ފާހަގަކުރިއެވެ. ޓޭބަލް ޓެނިހުގެ ސިންގަލްސް އިވެންޓުގައި ވާދަކުރި އެހެން ގައުމުތަކުގެ ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ ކުޅުންތެރިން ކަމަށާއި، އެއީ އެ ގައުމުތަކުގެ ޗެމްޕިއަނުންކަން ފާހަގަކޮށް ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ފަސޭހަ ނޫން ކަމަށާ، އެހެންނަމަވެސް ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާމެދުވެސް ވަރަށް ފަޚުރުވެރިވާކަމަށެވެ. އަދި މިހާތަނަށް ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފިކަމަށެވެ.
ރާއްޖޭގެ ޓީމަށް ސިންގަލްސް އިވެންޓުތައް ނިމިފައިވާއިރު މިއަދުން ފެށިގެން ކުރިޔަށްދަނީ ޑަބަލްސް އިވެންޓުތަކެވެ. އެގޮތުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙުމަދު ވަނީ މިކްސްޑް ޑަބަލްގައި ޓޯގޯ އާއި ވާދަކޮށް 3-0 ގޭމުން އެ މެޗު ކާމިޔާބުކޮށްފައެވެ. އަދި މެންސް ޑަބަލްސްގައި މޮރިޓޭނިއާ އާއި ވާދަކޮށް މުންސިފާއި ޝައްފާން ވަނީ 3-0 ގޭމުން އެ މެޗު ކާމިޔާބުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
