
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ފާތިމަތު ދީމާ ޢަލީ ވާދަކޮށްފައިވަނީ ތުރުކީގެ އެޗޭ ހަރާކްއާއެވެ. ރާއްޖެއިން މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ދީމާ އެކަންޏެވެ. ބެސްޓް އޮފް ސެވަން އަށް ކުޅުނު މިމެޗްގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ ތުރުކީގެ ހަރާކްއެވެ. ފުރަތަމަ ސެޓްގައި ދީމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ތުރުކީގެ ކުޅުންތެރިޔާގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް ފެނިގެންދިޔައެވެ. ފުރަތަމަ ސެޓް ހަރާކް ކާމިޔާބުކޮށްފައިވަނީ 11-9 އިންނެވެ.
މެޗްގެ ދެވަނަ ސެޓް ދިޔައީ ވަރަށް އެއްވަރުކޮށެވެ. އެއްވެސް ކުޅުންތެރިއަކަށް މާ ބޮޑު ލީޑެއް މިސެޓްގައި ނެގޭ ގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ސެޓްގެ ފަހު ކޮޅުގައި ހަރާކްގެ ފަރާތުން ވަރަށް ބާރު ޙަމަލާތެއް ފެނިގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޙަމަލާތަށް ދިފާޢު ކުރުމުގައި ދީމާއަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. މިއާއެކު މެޗުގެ ދެވަނަ ސެޓް ފަސޭހަކަމާއެކު ތުރުކީގެ ހަރާކް ކާމިޔާބުކުރީ 11-6 އިންނެވެ. މެޗްގެ ތިންވަނަ ސެޓްގެ ކުރީ ކޮޅުގައި ދީމާ 4 ޕޮއިންޓްގެ ލީޑްއެއް ނަގައި ހަމަޖެހިލިއެވެ. މިސެޓްގެ ކުރީކޮޅުގައި ތުރުކީގެ ހަރާކްގެ ފަރާތުން ގިނަ މިސްޓޭކްތަކެއްވެސް ފެނިގެންދިޔައެވެ. ހިއްވަރާއެކު ދީމާ ކުޅުމުގެ ނަތީޖާއަކަށްވީ ތިންވަނަ ސެޓްގައި ތުރުކީގެ ކުޅުންތެރިޔާއަށް ގޭމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދީ ކުޅުމެވެ. މެޗްގެ އެއްކޮށް ލީޑްގައި އޮވެގެން ކުޅެ ދީމާ މެޗުގެ ތިންވަނަ ސެޓް ގެންދިޔައީ 11-9 އިންނެވެ.
މެޗުގެ ހަތަރުވަނަ ސެޓްގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެއްވެސް ކުޅުންތެރިއަކަށް ލީޑްގައި އޮވެގެން ކުޅުމުގެ ފުރުސަތެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް މެޗްގެ 4 ވަނަ ޕޮއިންޓްއާއި ހަމައިން ތުރުކީގެ ހަރާކް 4 ޕޮއިންޓްގެ ލީޑްއެއް ނަގާ 8-4 ކަށް ސްކޯ ބަދަލްކޮށްލިއެވެ. މިއާއެކު ލީޑްގައި އޮވެގެން ކުޅެ މެޗްގެ ހަތަރުވަނަ ސެޓް ތުރުކީގެ ހަރާކް ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-4 އިންނެވެ. އެހެން ސެޓްތަކާއި ހިލާފަށް މެޗްގެ ފަސްވަނަ ސެޓް ދީމާ ފެށީ ވަރަށް ވަރުގަދަކޮށެވެ. ސެޓްގެ ކުރީކޮޅުގައި ދީމާ 4 ޕޮއިންޓްއެއްގެ ލީޑްއެއް ނެގިއެވެ. ނަމަވެސް ތުރުކީގެ ހަރާކްވަނީ ކުޅުން ރަނގަޅުކޮށް ދީމާ ލީޑް ފުޅާކުރުމަށް ކުރި މަސައްކަތަށް ހުރަސްއަޅާ ލީޑް 2 ޕޮއިންޓަށް ހަނިކޮށްފައެވެ. މެޗް އެއްކޮށް ދީމާ ލީޑްގައި އޮވެގެން ކުޅެމުން ގޮސް މެޗްގެ ފަސްވަނަ ސެޓް ދީމާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 11-5 އިންނެވެ.
މެޗްގެ ހަވަނަ ސެޓްގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ސެޓްގެ ކުރީކޮޅުގައި ލީޑް ނެގުމަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް އެއްވެސް ކުޅުންތެރިއަކަށް ލީޑް ނެގުމަށް ފުރުސަތެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ސެޓް ވަރަށް އެއްވަރުކޮށް ދިޔަނަމަވެސް ސެޓްގެ ފަހު ކޮޅުގައި ލީޑްނަގާ މިސެޓް ތުރުކީގެ ހަރާކް ކާމިޔާބުކުރިއެވެ. އެއީ 11-6 އިންނެވެ. މިމެޗާއިއެކު، ޓީޓީ ސިންގަލްސް އިވެންޓު ދިވެހިރާއްޖެއަށް ނިމުމަކަށްއައީއެވެ. މިއަދު ފެށިގެން ކުރިޔަށްދަނީ ޑަބްލްސް އިވެންޓްތަކުގެ ކުޅުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
