
ވޯލްޑް ކަޕް ކޮލިފައިންގެ އެންމެ މުހިންމު ހިސާބުން ނައިޖީރިއާ ކުޅުންތެރިން ހަޅުތާލެއް ފަށައިފިއެވެ. ކުޅުންތެރިން ފަރިތަކުރުންތައް ބޮއިކޮޓް ކޮށްފައިވަނީ ބޯނަސްގެ މައްސަލާގައެވެ. ނައިޖީރިއާ ޓީމު މިވަގުތު ތިބީ އެފްރިކާ ސަރަހައްދުގެ ކޮލިފައިންގެ ޕްލޭއޯފް މެޗުތައް ކުޅެން މޮރޮކޯގައެވެ. ޕްލޭއޯފްގައި ނައިޖީރިއާ ވާދަކުރަން ޖެހޭނީ ގެބޯންއާއެވެ. މި މެޗުން ބަލިވެއްޖެނަމަ އެ ގައުމަށް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނުކުޅެވޭނެއެވެ. މި މެޗުގެ ކުރިން ނައިޖީރިއާ ކުޅުންތެރިން މައްސަލަ ޖެއްސީ އެ ގައުމު 2019 ވަނަ އަހަރުގެ އެފްރިކާ ކަޕަށް ކޮލިފައިވުމުންނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ބޯނަސް ނުދޭތީއެވެ.
ކުޅުންތެރިންގެ ފަރާތުން ވާހަކަ ދައްކަމުން ކެޕްޓަން ވިލިއަމް އެކޮންގް ބުނެފައިވަނީ މައްސަލަ ހައްލުވިހާ އަވަހަކަށް ކުޅުންތެރިން ތިބީ ފަރިތަކުރަން ތައްޔާރަށް ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ފަރާތުން ނައިޖީރިއާ ފުޓްބޯޅަ ފެޑަރޭޝަނާ ބައްދަލު ކުރުމަށްފަހު ނެރެފައިވާ ބަޔާނަށް ފަހު މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނައިޖީރިއާ ކުޅުންތެރިން ހަޅުތާލުކޮށްފައިވާއިރު އަންނަ މަހު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ވެސް އެބައޮތެވެ.
އެފްރިކާއިން ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭނެ ގައުމެއް ކަނޑައަޅުމަށްޓަކައި އިންޓަ ކޮންޓިނެޓްޓަލްގެ ފަހު ބުރުގައި ވާދަކުރާނެ ގައުމެއް ހޮވަން ކުޅޭ ޕްލޭއޯފް މެޗުތަކުގައި ވާދަކުރާނީ ހަތަރު ގައުމެކެވެ. އެއީ ނައިޖީރި އާއި ކެމަރޫން އަދި ކޮންގޯ އާއި ގެބޯންއެވެ. މީގެ ތެރެއިން ނައިޖީރިއާ އާއި ކެމަރޫނަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ޕްލޭއޯފްގައި ނައިޖީރިއާ އާއި ގެބޯން ވާދަކުރާއިރު ކެމަރޫން ވާދަކުރާނީ ކޮންގޯއާއެވެ. މި ދެ މެޗު ވެސް ކުޅޭނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ޕްލޭއޯފްގެ ފައިނަލް މެޗުގައި ވާދަކުރާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
