
އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް މި ސީޒަނުގައި ކުރިއަށް ނުދެވިގެން އުޅޭ މައިގަނޑު މައްސަލަ އަކީ ޖަރުމަނުގެ މިޑްފީލްޑަރު ފްލޯރައިން ވާޓްޒްގެ ސަބަބުން ކަމަށް ތަޖުރިބާކާރު ކޯޗު އާސެން ވެންގާ ބުނެފިއެވެ. މެދުނުކެނޑި 22 އަހަރު އާސެނަލް އަށް ކޯޗުކޮށްދިނުމަށް ފަހު މިހާރު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިިވެލޮޕްމަންޓް މަގާމުގައި މަސައްކަތް ކުރަމުން އަންނަ ކޯޗު ބުނީ ވާޓްޒް ގެނައުމުން ލިވަޕޫލްގެ މެދުތެރެ “ހަލާކު” ވެއްޖެ ކަމަށެވެ. ވާޓްސް ލިވަޕޫލަށް ގެނައީ ޖަރުމަނުގެ ބަޔާ ލެވަކޫސެން އަށް 116 މިލިއަންޔޫރޯ ދީފަ އެވެ. ވެންގާ ބުނީ ލިވަޕޫލްގައި ވާޓްޒް ލައްވައި ކުޅުވާނެ މަގާމެއް ނެތް ކަމަށެވެ.
“އޭނާ ހޯދަން އުޅުނީ ލިވަޕޫލް އާއި ބަޔާން މިއުނިކުން. އޭނާ ބުނީ ކުޅެން ބޭނުންވަނީ ލިވަޕޫލަށް ކަމަށް. ލިވަޕޫލަށް އަންނަން ޖެހޭނީ ނަންބަރު 10ގެ ޕޮޒިޝަނަށް ކުޅެވޭނަމަ. އޭނާގެ އަސްލު ޕޮޒިޝަނަކީ އަރިމަތި. އެކަމަކު ލިވަޕޫލްގައި އޭނާ ބޭނުން ކުރުމުންވާ ގޮތަކީ އެ ޓީމުގެ މިޑްފީލްޑް ހަލާކުވަނީ. އެ މީހުންގެ މެދުތެރޭގައި އެބަތިބި ގްރަވަންބަޗާއި މެކްއަލިސްޓާއި ޒޮބޮސްލާއީ. މި އެންމެން ތިއްބާ ވާޓްސް މެދުތެރެއަށް ލުމުން ޒޮބޮސްލާއީ ގެއްލެނީ. މީގެ ސަބަބުން މެދުތެރެ އޮންނަނީ ހާއަޅާފައި،” ވެންގާ ބުންޏެވެ.
ވިދިވިދިގެން ފަސް މެޗުން ބަލިވެ، ލިވަޕޫލް އަޑިގަނޑަށް ވެއްޓުނު ފަހުން ލިވަޕޫލް މޮޅުވީ އެސްޓަން ވިލާ އަތުންނާއި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުންނެވެ. އޭގެ ފަހުން މެންޗެސްޓާ ސިޓީ އަތުން އަނެއްކާ ވެސް ވަނީ ބަލިވެފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
“އެ މީހުން އެސްޓަން ވިލާ މެޗުގައި ކުރި ކަމަކީ މީގެ ކުރިން ވެސް އެ މީހުން އާއްމުކޮށް ބޭނުންކުރާ މިޑްފީލްޑް ބޭނުން ކުރީ. އޭގެ ސަބަބުން ޒޮބޮސްލާއީ ފެނި މެދުތެރެ ވެސް ވަރުގަދަކޮށް އޮތީ. ރެއާލް މެޗުގައި ވާޓްޒް ބޭނުން ކުރީ އަރިމަތިން. އަހަރެންނަށް ޔަގީން ކޯޗު ބުނާނެކަން ލިވަޕޫލްގައި ކުޅެން ބޭނުންވާނަމަ އޭނާ އަރިމައްޗަށް ކުޅެން،” ވެންގާ ބުންޏެވެ. ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވާޓްޒް ގެނައީ އޭނާ އަށް ފްރީ ރޯލެއް ދޭނެ ކަމަށް ވައުދުވެގެންނެވެ. މިވާހަކަ ދެއްކީ ކުޅުންތެރިޔާގެ ބައްޕަ ދިން އިންޓަވިއުއެއްގަ އެވެ. ނަމަވެސް 450 މިލިއަން ޔޫރޯ ހޭދަކޮށްގެން ޓީމަށް ގެނައި ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީވެ ޓީމު ވަނީ އަޑިއަޅާލައިފަ އެވެ. މިކަމާ ގުޅިގެން ކުރީގެ ކުޅުންތެރިން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ ވެސް ކޯޗު ސްލޮޓަށެވެ.
ގިނަ ކުޅުންތެރިން ބުނަނީ ލިވަޕޫލް ޓީމުގައި ތަރިން ގިނަވުމުން ހުރިހާ ކުޅުންތެރިން ހިތްހަމަ ޖައްސައިގެން އުޅެން ސްލޮޓަށް ދަތިވެއްޖެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
