
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުންދާ 40 އަހަރުގެ ފޯވަޑް މިހެން ބުނީ އެ ގައުމުގައި ކުރިއަށްދާ ޓުވަރިޒަމް ސަމިޓްގައި ނޫސްވެރިންގެ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. “ޝައްކެއްނެތް. އަހަރެންގެ އުމުރުން އޭރު 41 އަހަރުވާނެ. ވޯލްޑް ކަޕް ވެގެންދާނީ ބޮޑު މުބާރާތެއްގައި އަހަރެންގެ މުހިންމު ފަހަރަކަށް. އަހަރެންގެ ރިޓަޔާމަންޓް އޮތީ ދުރެއްގައެއްނޫން. އަހަރެއް ނުވަތަ ދެ އަހަރު ތެރޭގައި އެކަން ވެދާނެ،” ރޮނާލްޑޯ ބުންޏެވެ. ގައުމީ ޓީމަކަށް 200 އަށްވުރެ ގިނަ މެޗު ކުޅެނީ 127 ގޯލު ޖަހާފައިވާ ރޮނާލްޑޯ އަކީ ފަސް ފަހަރު ދުނިޔެގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއެކެވެ. މިގަމާމު ދެ ވަނަ އަށް އެންމެ ގިނައިން ހޯދީ ވެސް އޭނާ އަށެވެ. އަދި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް އޭނާގެ އަތުގައެވެ.
ރޮނާލްޑޯ ބުނީ ފުޓްބޯޅައިގައި އޭނާގެ ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލްވެއްޖެ ކަމަށާއި ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ދެކޭ ހުވަފެނެއް ނޫން ކަމަށެވެ. “އަހަރެން ދެކޭ ގޮތުގައި ވޯލްޑް ކަޕުގެ އެންމެ ހަތް މެޗުން އެންމެ މޮޅު މީހާ ކަނޑައެއް ނޭޅޭނެ. އެއީ ހަމަޖެހޭ ކަމެއްނޫން،” ރޮނާލްޑޯ ބުންޏެވެ. ވޯލްޑް ކަޕަކީ މިހާތަނަށް ފުޓްބޯޅަ ކުޅެގެން އޭނާ އަށް ހާސިލް ކުރެވިފައިނުވާ ހަމައެކަނި ބޮޑު މުބާރާތެވެ. ރޮނާލްޑޯ ބުނީ އޭނާގެ އުއްމީދަކީ އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއާ އޭނާ އަށްވުރެ މޮޅު ކުޅުންތެރިއަކަށްވުން ކަމަށެވެ. އޭނާގެ ދަރިފުޅަކީ މިވަގުތު ޕޯޗުގަލްގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
