
ސްޕެއިންގެ ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލް އެ ގައުމުގެ ގައުމީ ޓީމުން ބާކީކޮށްފި އެވެ. ވޯލްޑްކަޕް ކޮލިފައިންގައި ޖޯޖިއާ އާއި ތުރުކީ އާއި ދެކޮޅަށް ސްޕެއިން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ލަމީން ޔަމާލް ބާކީކޮށްފައިވަނީ އޭނާގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާ ކުޅުނު ފަސް މެޗެއް އޭނާއަށް ވަނީ މި ސީޒަނުގައި ގެއްލިފަ އެވެ. ބާސެލޯނާ އިން ވަނީ ސްޕެއިންގެ ގައުމީ ޓީމުގެ މެޑިކަލް ޓީމުގެ މަޝްވަރާއެއް ނެތި ލަމީން ޔަމާލްގެ ރޭޑިއޯ ފްރިކުއެންސީ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި މި މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބާސެލޯނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ މެޑިކަލް ޓީމަށް މިކަން އެނގުނީ ރޭ ސްޕެއިންގެ ގަޑިން 10:40 ގައި އެ މީހުންނަށް ބާސެލޯނާ އިން ފޮނުވި މެޑިކަލް ރިޕޯޓުގެ ސަބަބުންނެވެ. އަދި މި ޕްރޮސީޖަރ އަށް ފަހު އޭނާއަށް އަރާމު ކުރުމުގެ ގޮތުން 7-10 ދުވަހާއި ދެމެދުގެ މުއްދަތެއް ބޭނުންވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފައިވަނީ މިއީ އޭނާ ކުރިން އުންމީދު ކޮށްގެން ހުރި ކަމެއް ނޫން ކަމަށާއި ކުއްލިއަކަށް މިފަދަ ކަމެއް އެނގުމުން ހައިރާންވާ ކަމަށެވެ.
ލަމީން ޔަމާލް ވަނީ އުމުރުން އެންމެ 18 އަހަރުގައި ސްޕެއިންގެ ގައުމީ ޓީމަށް 23 މެޗު ކުޅެ ހަ ލަނޑު ޖަހައިދީފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
