
ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވެ ހާހަކަށްވުރެ ގިނަ ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ ސަބަބުން ތުރުކީގެ ކުލަބުތަކަށް ކުޅުންތެރިން ހަމަނުވުމުގެ މައްސަލަ ދިމާވުމުން އެކަން ހައްލު ކުރަން ފީފާގައި އެދެފިއެވެ. ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގައި އެދުނީ ޓީމުތަކަށް ކުޅުންތެރިން ހަމަކޮށްދިނުމަށް ވަގުތީ ޓްރާންސްފާ ވިންޑޯއެއް ހުޅުވައިދިނުމަށެވެ. ނަމަވެސް ފީފާއިން އަދި މިކަމާމެދު ވަކި ގޮތެއް ނުނިންމައެވެ. ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގައި އެދިފައިވަނީ އެންމެ ފަހުގެ ކުލަބު ވޯލްޑް ކަޕުގެ ކުރިން ޓީމުތަކަށް އައު ކުޅުންތެރިން ހިމަނަން ދިންފަދަ ފުރުސަތެއް އެ ގައުމުގެ ޓީމުތަކަށް ފަހިކޮށްދިނުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް ބުނެއެވެ.
ތުރުކީން 1024 ކުޅުންތެރިއަކު ސަސްޕެންޑް ކުރީ މެޗުތަކުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލުމަށް ބެޓް ކުރުމުގެ ބޮޑު ތަހުގީގެއްގެ ތެރެއިންނެވެ. މި ގޮތުން ރެފްރީންގެ އިތުރުން ބެޓް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ 3700 ކުޅުންތެރިއެއްގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. މި ތަހުގީގުގައި މިހާތަނަށް އެ ގައުމުގެ 149 ރެފްރީ އަކު ވެސް ވަނީ އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފައެވެ. މިފަދަ ބޮޑު އަދަބެއް ދިނީ ރެފްރީންނާއި ކުޅުންތެރިން ބެޓް ކުރާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކާހެދި އެވެ. އަދި ބެޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި ތިން ރެފްރީއެއްގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އަދި އިތުރު ތިން ރެފްރީއެއްގެ މައްސަލަ ބަލަން ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
ތުރުކީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިބްރާހީމް ހާޝިއޯސްމަނޮގްލޫ ވިދާޅުވީ މިއީ ތުރުކީގެ ފުޓްބޯޅައިގެ މޫނުމަތި ހަޑިވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. “އިންސާފާއި ކަރާމާތަކީ ވަރަށް މުހިންމު އެއްޗެއް. ގޯސްކޮށް ކަންކަމުގެ ސަބަބުން ފިޔަވަޅު އަޅަންޖެހޭ. ގަވާއިދުތައް މުގުރާލާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ. މިއީ އިތުބާރު ދަމަހައްޓަން އަޅަންޖެހޭ ފިޔަވަޅެއް. މިހާތަނަށް ކުރެވިފައިވ ތަހުގީގުތަކުން އެނގެނީ ބައެއް ރެފްރީން ސީދާ ގޮތުން ވެސް ބެޓް ކުރުމުގައި ބައިވެރިވެފައިވާކަން. މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން. މިއީ އިންސާފު ގެއްލުވާލުމަށް ނާޖާއީރު ފައިދާ ނެގުމުގެ އަމަލެއް،” ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތުރުކީ ސަރުކާރުން މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން އެނގޭ ގޮތުގައި އެ ގައުމުގެ 571 ރެފްރީންގެ ތެރެއިން 371 ރެފްރީން ބެޓިން ގްރޫޕްތަކާއެކު މުއާމަލާތް ކުރުމަށް މަދުވެގެން އެއް އެކައުންޓް ގެންގުޅޭ ކަމަށެވެ. މީގެ ތެރެއިން 152 ރެފްރީއަކު ބެޓްކޮށްފައިވަނީ ފުޓްބޯޅަ މެޗުތަކަށް ކަމަށެވެ. މީގެ ތެރޭގައި އެންމެ މަތީ ފެންވަރުގައި ރެފްރީކަން ކުރާ ހަތް ރެފްރީ އަކާއި 13 އެސިސްޓެންޓް ރެފްރީން ހިމެނޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 10 ރެފްރީއަކު ފަސް އަހަރު ވެންދެން ގަވާއިދުން 10000 މެޗަކަށް ބެޓްކޮށްފައިވާ ކަމަށެވެ. އަދި އެއް ރެފްރީއަކު 18227 މެޗަކަށް ބެޓްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
