
ދިވެހި ދައުލަތުގެ އިއްޒަތް ދަމާސްގެ ވެރިޔާ މުހައްމަދު ސޯލިހު (ޑިމްސް ސޯލިހް) އަށް މިއަދު އަރުވައިފި އެވެ. އައްޑޫ ހުޅުދު އަށް އުފަން ސޯލިހަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޑިމްސް ސޯލިހަކީ މީގެ 43 އަހަރު ކުރިން 1983 ގައި ވިޔަފާރީގެ ތެރެއަށް ވަދެވައިގެން އަދިވެސް އެ ގޮތުގައި ދެމިހުންނެވި ބޭފުޅެވެ. “ޑިމްސް” ގެ ނަމުގައި އާންމު ވިޔަފާރި ފައްޓަވައި، ހާޑްވެއާ އާއި ރިސޯޓުތަކަށް ބޭނުންވާ ތަކެއްޗާއި ޑިއުޓީ ފްރީ ޝޮޕާއި ބޮންޑެޑް ވެއާހައުސް އަދި ފަރުނީޗަރ ވިޔަފާރި ހިންގެވި އެވެ. އޭގެ އިތުރުން ޔަންމާ އިންޖީނާއި ސްޕެއަޕާޓްސް އެތެރެކޮށް ވިއްކަވައި، އިންސްޓޯލްމެންޓަށް ދެއްވަމުން ގެންދެވި އެވެ.
ސޯލިހު ވަނީ އައްޑޫ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު އެ ގައުމުގެ ރޯޔަލް އެއާފޯސްގައި 16 ވަރަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން 1978 ގައި މާލެ ވަޑައިގެން ކާގޯ ކްލިއާ ކުރުމާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ފައްޓަވައި ވިޔަފާރީގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގަތެވެ. ރާއްޖޭގެ ވިޔަފާރީގައި މަޝްހޫރު ޑިމްސް ކުންފުނި 1983 ގައި ސޯލިހު އުފެއްދެވީ އޭނާގެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާ ދެ ބޭފުޅުން ގުޅިވަޑައިގެންނެވެ. އެއީ އޭރު ރާއްޖޭގައި ރީޓެއިލް/ހޯލްސޭލް ވިޔަފާރި އަދި ޓޫރިޒަމް ދާއިރާގައި އެންމެ މަޝްހޫރު އެއް ނަމެވެ. ނަމަވެސް 17 އަހަރު ވަންދެން ޑިމްސް ކުންފުނި ހިންގުމަށް ފަހު، ސޯލިހާއި ޑީޑީ ވަކި ދެ ވިޔަފާރި ފެއްޓެވި އެވެ. ސޯލިހުގެ ކުންފުނީގެ ނަމަކަށް ހަމަޖެއްސީ ދަމާސް އެވެ.
ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ހާއްސަކޮށް ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ އިސްކޮށް އުުޅުއްވި އެއް ވިޔަފާރިވެރިއަކީ ސޯލިހެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ކުރެއްވި އެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ ސޯލިހެވެ. އަދި އައްޑޫ ހެރަތެރަ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅަކީ ވެސް ސޯލިހެވެ.
ސޯލިހުގެ ދަމާސް ކުންފުނިން މިހާރު ހިންގާ ވިޔަފާރިތައް:
– ހަތަރު ރިސޯޓް.
– މާލޭގައި ތިން ސިޓީ ހޮޓަލެއް.
– މެޑިކާ ހޮސްޕިޓަލް.
ސޯލިހު ވަނީ ހިލޭ ސާބަހަށް ވެސް އިޖުތިމާއީ ގޮތުން މުޖުތަމައު އަށް ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އުފަން ރަށް ހުޅުދޫގެ އިތުރުން އެހެން ރަށްރަށުގައި ވެސް މިސްކިތްތައް ބިނާކުރުމެވެ. ސޯލިހު، ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް މެދުނުކެނޑި ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2022 ގައި ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް އަރުވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި “ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް” ވެސް ސޯލިހަށް ވަނީ އަރުވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
