
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައި އިދާރާގެ އާ އިމާރާތް ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ހޯމް މިނިސްޓަރު ޢަލީ ޢިހްސާނާއި ކޮމިޝަނަރު އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އަދި ޝަރަފުގެ ގާޑެއް އަރުވާފައިވެއެވެ. މިއީ ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ ބިމެއްގައި ބިނާކުރެވުނު ފުރަތަމަ ހެޑްކުއާޓާސް އިމާރާތެވެ. ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ 12,000 އަކަފޫޓުގެ މި އިމާރާތުގެ މަސައްކަތް ސޯޅަ މަސްދުވަހުގެ ތެރޭގައި ނިންމާލެވިފައިވެއެވެ. މި އިމާރާތުގައި އެމް.ސީ.އެސް ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެއެވެ.
ފުވައްމުލަކުގައި ޖެނުއަރީ 14، 2024 ގައި ފެށި “ވެށި ރައްކަލް” ޑްރަގާ ދެކޮޅު އޮޕަރޭޝަން މުޅި ދެކުނުގެ ގއ، ގދ، އަދި އައްޑު އަތޮޅަށް ފުޅާކުރެވިފައިވާ ކަމަށް، ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. މި ސަރަހައްދުން 12 ޑްރަގު ނެޓްވޯކެއް ދެނެގަނެވިފައިވާއިރު، ފުވައްމުލަކުގައި މި އޮޕަރޭޝަނާ ގުޅިގެން 58 މީހަކު ހައްޔަރުކޮށް، 75 މައްސަލައެއް ތަހުގީގުކުރެވި، އޭގެ ތެރެއިން 65 މައްސަލައެއް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. މި ތަހުގީގުތަކުން ނެޓްވޯކުތަކުގެ އިސް ދެ މީހަކު ކަމަށް ތުހުމަތުކުރެވޭ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަޙްމަދު ނިއުޝާދާއި، ދޫޑިގަން، ޒަމާނީވިލާ، ޙަސަން އާޒިމް ހިމެނެއެވެ. މި އޮޕަރޭޝަންގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގައި މަސްތުވާތަކެތި ވިއްކާކަމުގެ ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ ކޮމާންޑަރު، އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ލަޠީފު ވިދާޅުވިއެވެ.
މި ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް މި އަހަރު 5،000 އެއްހާ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އައްޑޫ އިން އެކަނި 2,701 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އައްޑޫ ސިޓީގެ ކޮމާންޑަރު، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު މަސްޢޫދު ފާހަގަކުރެއްވީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގައި ވެސް އުޅެނީ ތަކުރާރުކޮށް ކުށްކުރާ އެއް ބައެއް ކަމަށާއި، އެހެންކަމުން މިފަދަ ކުށްތައް ހުއްޓުވުމަށް މީހުން ހޭލުންތެރިކުރުވުންފަދަ ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ޝަމީމް ވިދާޅުވީ އަލަށް ވައްކަމަށް ވަންނަ މީހުން މަދުނަމަވެސް ތަކުރާރުކޮށް ކުށްކުރާ މީހުންގެ ސަބަބުން މިކަމަށް އެކަށީގެންވާ ހައްލެއް ނުހޯދޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
