
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މިދިޔަ ސަރުކާރުތަކުގައި ވަކިވަކި މަޝްރޫޢުތަކުގެ ތަފުސީލު ބަޖެޓުގައި ހިމަނައިގެން އެދެވޭ ނަތީޖާއެއް ހާސިލުކުރި މަންޒަރު ފެނިފައިނުވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މަޢުލޫމާތުދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މީގެ ކުރިން ބަޖެޓު ތައްޔާރުކުރިއިރު، ތަފުސީލުކޮށް އެކި މަޝްރޫޢުތައް ހިންގަން ކަރަދުވާނެ އަދަދުތައް ބަޖެޓުގައި ހިމަނާ ކަމަށެވެ. ނަމަވެސް މިގޮތަށް އަދަދުތައް ހިމެނި ނަމަވެސް، މިހާތަނަށް ހާސިލުކުރެވުނު ނަތީޖާއެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތަށް ތަފުސީލު ލިޔެގެން 2024 ވަނަ އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން ޖެހުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫޢުތައް ހިންގުމަށްޓަކައި ސީދާ މަޝްރޫޢުތަކަށް ހިނގާނެ ޚަރަދުތައް ހިމަނައިގެން 2025އަށް މި ސަރުކާރުން ބަޖެޓު ހުށައަޅައި، ފާސްކުރުމުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، މަޝްރޫޢުތައް ނުހުއްޓު ކުރިއަށްގެންދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. “ތާރީޚަށް ބަލާއިރު، އޭރު އަޅުގަނޑުމެން ގޮއްސަ މި ބުނަނީ މީތި ޖަހައިދީ ހޮސްޕިޓަލެއް އަޅަން 2 މިލިޔަން. ރަށުގައި ބަނދަރު އަޅަން 4 މިލިޔަން. މިހެން ޖަހަނީ.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ވަޒީރު ވިދާޅުވީ ބަޖެޓު ހުށަހަޅާއިރު، މި ސަރުކާރުން އިސްކަންދެނީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު ގޮތުގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ބަޖެޓުގައި އަދަދުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭއިރު، މަޝްރޫޢުތަކުގެ އަދާހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް މިކަމަށް ހެކިދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ދައުލަތުން ވަނީ އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަން 8.3 ބިލިޔަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
