
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ބައިބޯ ސަރަޙައްދެއްގައި ކާރެއް ގޮއްވައިލުމުން ގިނަ އަދަދެއްގެ މީހުން މަރުވެ، އެތަކެއް މީހުންނަށް ޒަޚަމްވެއްޖެއެވެ. އެ ހާދިޘާ ހިންގާފައި ވަނީ ނިއު ދިއްލީގެ ތާރީޚީ ބިނާއެއް ކަމަށްވާ ރެޑް ފޯޓްއާ ކައިރި ސަރަޙައްގެއްގައި، އިންޑިޔާ ގަޑިން އިރުއޮއްސި ހަތެއް ޖަހަނިކޮށެވެ. މަޑުމަޑުން ދުއްވާފައި އައި އުޅަނދެއް ޓްރެފިކް ލައިޓުގައި ހުއްޓި އޮތް ކަމަށާއި، އެ ކާރު ގޮވީ އެ ވަގުތު ކަމަށް ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ ވިދާޅުވިއެވެ. އެ ގޮވުމުގެ ސަބަބުން އެ ސަރަޙައްދުގައި ހުރި އެހެން އުޅަނދުތަކަށް ވެސް ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ހަ ކާރަކާއި ތިން އޮޓޯއެއްގައި އަލިފާން ރޯވެފައިވެއެވެ. ކާރު ގޮވުމަށް މެދުވެރިވި ސަބަބު ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ގޮވުމަށް ފަހު އިންޑިޔާގެ މުމްބާއީއާއި، އެންމެ ބައިބޯ ސްޓޭޓު ކަމަށްވާ އުއްތަރު ޕްރަދޭޝް އޮތީ ސަލާމަތީގޮތުން ތައްޔާރީ ޙާލަތުގައެެވެ. އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ހާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ. އޭނާ ވަނީ ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވެސް އެދިވަޑައިގެންފައެވެ. ހާދިޘާގައި އަސަރުކުރި މީހުންނަށް ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މޯދީ ވިދާޅުވިއެވެ. 30 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަދި ސަލާމަތީ ކަންކަން ވަަރުގަދަ ނިއު ދިއްލީގައި މި ފަދަ ހާދިޘާތައް މަދުން ނޫނީ ނުހިނގައެވެ. ރެޑް ފޯޓަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަޤުބޫލު ސަރަޙައްދެކެވެ. ކޮންމެ އަހަރަކު ވެސް އިންޑިޔާގެ މިނިވަން ދުވަހު އެ ޤައުމުގެ ބޮޑުވަޒީރު ޤައުމާ މުޚާތަބު ކުރައްވަނީ ވެސް އެ ސަރަޙައްދުންނެވެ.
1980އާއި 1990ގެ އަހަރުތަކުގައި ވެސް ދިއްލީގައި ގޮވުންތައް ގޮއްވާލާފައިވެއެވެ. އެ ފަދަ ޙަމަލާތައް ގިނައިން އަމާޒު ވަނީ ޢާންމުން އެއްވެ އުޅޭ ސަރަޙައްދުތަކަށެވެ. ދިއްލީގައި މި ފަދަ ހާދިޘާއެއް އެންމެ ފަހުން ހިނގާފައި ވަނީ 2011ވަނަ އަހަރެވެ. އެ ފަހަރު ދިއްލީގެ ހައި ކޯޓުގެ ބޭރުގައި ގޮއްވާލި ގޮއްވާލުމުގައި 12 ވަރަކަށް މީހުން މަރުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
