
އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ ސްޕޭނަށް ގޮސް އެ ކުލަބުގެ އެއްވެސް މީހަކަށް ނާންގައި އެ ކުލަބުގެ ދަނޑު ކަމަށްވާ ނޭމްޕް ނޯ އަށް ޒިޔާރަތްކޮށްފި އެވެ. ބޮޑުބައެއް ތަޅާލުމަށްފަހު އަލުން ބިނާލުރަމުންދާ ބޮޑު ސްޓޭޑިއަމަށް ރޭގަނޑުގެ ވަގުތެއްގައި ވަދެ ފޮޓޯ ނަގާފައި ސޯޝަލް މީޑިއާގައި މެސީ ބުނެފައިވަނީ ކޮންމެ ވެސް ދުވަހަކު ވެސް އެނބުރި މިތަނަށް އާދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ބާސެލޯނާގެ ސަޕޯޓަރުންނަށް އަމާޒުކޮށް އޭނާ ވަނީ ހާއްސަ މެސެޖެއް ވެސް ދީފަ އެވެ. “ރޭ އަހަރެން ވަނީ އަހަރެންގެ ފުރާނަ ފަދައިން އިހުސާސް ކުރެވޭ ތަނަށް އެނބުރި ގޮސްފައި. މިއީ އަހަރެން އާދަޔާ ހިލާފަށް އުފާވާ ތަނެއް. މިއީ ތިޔަބޭފުޅުން (ބާސެލޯނާގެ ސަޕޯޓަރުން) އެތައް ހާސް ދުވަހެއް ވަންދެން އަހަރެން އުފާކޮށްދީ ދުނިޔޭގެ އެންމެ އުފާވެރި މީހާ އަށް އަހަރެން ހަދައިދިން ތަން. އަހަރެން އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން އަހަރެންނަށް އެނބުރި އާދެވޭނެ ކަމަށް. އެއީ ކުޅުންތެރިއެއްގެ ގޮތުން ހަމައެކަނި ވަދާއީ ސަލާމްކޮށްލާކަށްނޫން،” މެސީ ބުނެފައިވެ އެވެ.
2004 ވަނަ އަހަރުން ފެށިގެން ގޮސް 2021 ވަނަ އަހަރާ ހަމަ އަށް ބާސެލޯނާ އަށް ކުޅުނު މެސީ ވަނީ އެ ކުލަބުގައި ހުރެ ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ކުލަބުގެ ކެޕްޓަންކަންކޮށް، އޭނާ ވަނީ 672 ގޯލު ޖަހައިދީ ކުލަބަށް އެންމެ ގިނަ ގޯލު ޖަހަދިން ކުޅުންތެރިޔާ އަށް ވެސްވެފަ އެވެ. މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ މަޖުބޫރީ ހާލަތެއްގަ އެވެ. އެއީ އެ ކުލަބުގެ މާލީ ހާލަތު ދަށްވެ އޭނާގެ ކޮންޓްރެކްޓް ރަޖިސްޓަރީ ކުރެވޭ ގޮތް ނުވުމުންނެވެ. އޭނާ ބަދަލުވީ ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ) އަށެވެ. އޭގެ ދެ އަހަރު ފަހުން ފެށިގެން ކުޅެމުންދަނީ އެމެރިކާގެ އިންޓަމިއާމީ އަށެވެ.
ކުލަބު ދޫކޮށްލަން ޖެހުނު މައްސަލާގައި އޭނާ އާއި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާގެ ގުޅުން ވެސް ވަނީ ގޯސްފަ އެވެ. ނަމަވެސް ލަޕޯޓާ ވަނީ އެ ގުޅުން މަޑުމަޑުން ރަނގަޅުވާން ފަށައިފި ކަމަށާއި 2026 ވަނަ އަހަރު ބާސެލޯނާގެ ސްޓޭޑިއަމް އަލުން ހުޅުވާނީ މެސީ އަށް ޝުކުރު އަދާކުރަން އޭނާ ހިމަނައިގެން ކުޅޭ ހާއްސަ މެޗަކުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
