
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އަހުމަދު އައިހަމް ގައުމީ ޓީމުން ވަކިކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ އައިހަމް (ޖޯޒީ ނަމްބަރު 6) ޤައުމީ ޓީމުން ވަކިކުރީ ގައުމީ ޓީމުގެ ރަސްމީ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ އާއި ހުއްދަ ނުހޯދާ ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ސަބަބުން ކަމަށެވެ. އެފްއޭއެމްއިން ބުނީ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ގައުމު ތަމްސީލުކުރާއިރު އެންމެ މަތީ ފަންތީގައި ކަމޭހިތުމާއި، ފަންނީ އަހްލާގު ހިފަހައްޓާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރާކަމަށެވެ.
އައިހަމް ވަނީ އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު މެޗުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗާއި ރާއްޖޭގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަަޕުގައި އައިހަމް ވަނީ ދިވެހި ޓީމަށް މޮޅު ކުޅުމެއް ދައްކާފައެވެ. އައިހަމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގައިވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާއަކީ ރާއްޖޭގައި ކުރިޔަށްގެންދާ މަޝްހޫރު ފުޓްސަލް މުބާރާތްތަކުގައިވެސް ކުޅޭ ކުޅުންތެރިއެވެ. މިފަހުން އޭނާ ކުޅެފައިވަނީ އޭނާގެ އުފަން ރަށް އުތީމުގައި އޮތް ފުޓްސަލް މުބާރާތެއްގައެވެ.
އެފްއޭއެމްގެ ހުއްދަ ނުހޯދާ މުބާރާތެއްގައި ކުޅެފިނަމަ މީގެ ކުރިންވެސް ޤައުމީ ޓީމުން ކުޅުންތެރިން ވަކިކުރުމަކީ އޮންނަ އުސޫލެކެވެ. ގައުމީ ޓީމުގެ މުހިންމު މެޗެއް ކުރިމަތީގައި އޮއްވާ އައިހަމް ފަރިތަކުރުންތަކުގައި ބައިވެރިނުވުމާއި ގުޅިގެން ޓީމުން ވަކިކޮށްފައިވާއިރު މިމަހުގެ 18 ގައި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗަށް ޤައުމީ ޓީމުން ވަނީ މިއަދު ފަރިތަކުރުންތައް ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
