
17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ފަރިތަކުރުންތައް ދަނީ ރަނގަޅަށްކަމަށާއި، ނަމަވެސް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ޓީމަށް ދިމާވެފައިވާކަމަށް އެޓީމުގެ ކޯޗު ސަބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ. މިމަހުގެ 22-30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރުމަށް ކުޑަތަންވަމުން އަންނައިރު ޓީމުގެ ފަރިތަކުރުންތައް ދާގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ސަބާހު ބުނީ ލިބުނު ވަގުތާބަލައިފައި ފަރިތަކުރުންތައް ދާގޮތާދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. އެހެންނަމަވެސް ޓީމުގެ މުހިއްމު ހަތްވަރަކަށް ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކުޅޭތީ، ބަރާބަރަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވިފައި ނުވާކަމަށް އޭނާ ފާހަގަކުރިއެވެ.
“ޕްރެކްޓިސް ދެން ލިބުނު ވަގުތާ ބަލއިފައި އިރާދަކުރެއްވިއްޔާ ގޯހެއް ނޫން. މީގަ ދެން ޗެލެންޖަކަށްވީ އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ޓީމުގެ ކީ ހައެއްކަ ހަތެއްކަ ޕްލޭޔަރުން ފަސްޓް ޑިވިޝަންގެ ބައެއް ކުލަބުތަކުން ހާއްސަކޮށް ވެލެންސިއާގަ ވަރަށް ގިނަ ކުދިންތަކެއް ތިބީމަ ތަންކޮޅެއް މަދު މިޓީމާއެކު ޕްރެކްޓިސް ކުރެވުނުލެއް” ސަބާހު ބުންޏެވެ. ސަބާހު ބުނީ އެކުޅުންތެރިންނަށް ބަރާބަރަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުނުކަމަށް ވިިޔަސް ފުރަތަމަ ޑިވިޝަނުގައި ކުޅެމެން ދާތީ ކުޅުންތެރިންގެ ފިޓްނެސް ލެވެލް ރަނގަޅުކަމަށެވެ. ޓީމުގެ ސްކޮޑަށް ދިމާވެފައިވާ އަނެއް ދައްޗަކީ ޓީމުގެ ގޯލްކީޕަރު އައިދުއަށް އަނިޔާގެ މައްސަލަ ދިމާވެފައިވުންކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް ބަހަނާ ދެއްކުމުގެ ބަދަލުގައި ކަންކަން ޕޮޒިޓިވްކޮށް ނަގައި ކުރިއަށްދާނެކަމަށް އޭނާ ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
“އަޅުގަނޑުމެންގެ އެއް ކީ ޕްލެޔަރު އައިދު އިންޖަރީ، ދެން އިލާން، މިހާރު މާޒިޔާގެ ސީނިއާ ޓީމަށް ކުޅޭ ކުޅުންތެރިއެއް. އެހެންނަމަވެސް ޓެސްޓުތަކާ އެކުދިންގެ ކިޔެވުމުގެ ބައި ހުރިގޮތުންވެސް ބައެއް ހާލަތްތަކުގަ ތަންކޮޅެއް އުނދަގޫކޮށް މިއުޅެނީ. އަސްލު އެންމެ ހިތްހަމައެއް ނުޖެހޭ، އެހެންނަމަވެސް އެކްސްކިއުޒްތައް ދެއްކުމަށްވުރެ ރަނގަޅުވާނީ ޕޮޒިޓިވްކޮށް އެވަގުތައް ކުރެވެން ހުރި ކަންކަން ކޮށްގެން ނަތީޖާ ރަނގަޅުކުރުން” ސޮބާހު ބުންޏެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެއިން އެންމެ ފުރަތަމަ ނުކުންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ގައުމުކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަަނަ ދުވަހުއެވެ.
މިމުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫފް އެފް ގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގްރޫޕްގަ ހިމެނެނީ ކޮލިފައިން ބާއްވާ ގައުމުކަމަށްވާ ތައިލޭންޑު، ކުވައިތު އަދި ތުރްކްމެނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ 38 ގައުމު، ހަތް ގުރޫޕަކަށް ބަހައިލައިފައިވާއިރު މި ސަރަހައްދުގެ އެންމެ ވަރުގަދަ ޤައުމު އިންޑިއާ ހިމެނެނީ ގުރޫޕް ޑީގައެވެ. ނޭޕާލް ގުރޫޕް ޖީގައި އޮތްއިރު ބަނގްލަދޭޝް އޮތީ ސްރީލަންކާ އާއިއެކު ގުރޫޕް އޭގައެވެ. އަދި ބޫޓާން ހިމެނެނީ ގުރޫޕް އީގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
