
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމު މިއަދު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީއިން އެޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުޓްބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤުއެވެ. އޭގެ އިތުރުން ފުޓްބޯޅަ އާއިލާގެ ވަރަށް ގިނަ ފަރާތްތަކެއް އެޓީމަށް މަރުހިބާ ކިއުމަށް އެއާޕޯޓަށް ގޮސްފައިވެއެވެ.
ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމުން ރާއްޖެއަށް މިކުރާ ދަތުރަކީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް ކުރި ދަތުރެކެވެ. ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން އެޓީމަށް ރާއްޖޭގައި ކޭމްޕު ކުރުމުގެ ހުއްދަ ދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ހުއްދައިގެ ދަށުން އެޓީމުން ރާއްޖޭގައި ފަރިތަކުރުންތައް ބާއްވާއިރު، މިކަމަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުޅިވަރު ވުޒާރާއިން ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ޓީމުގެ ހުރުމާއި، ކެއުން ކުޅިވަރު ވުޒާރާއިން ހަމަޖައްސަވާފަވާއިރު ލޮޖިސްޓިޖް ހުރިހާ ޚަރަދެއް ބަހަލައްޓާނީ އެފްއޭއެމުންނެވެ. އަދި ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފަވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދަތުރުގައި 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާ ފަލަސްޠީނު ޓީމު ދެމެދު ޤައުމީ ފުޓްބޯޅަ ދަނޑުގައި އެކުވެރިކަމުގެ ދެމެޗުވެސް ކުޅުމަށް ހަމަޖައްސާފަވެއެވެ. މިމެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 13 އާއި 15 ގައެވެ.
މީގެ އިތުރުން ފަލަސްތީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި، ފަލަސްޠީނު ބައްދަލުކުރާ ދެ މެޗުގައި ސްވެނިއަރ ޓިކެޓު ވިއްކުމަށްވެސް އެފްއޭއެމުން މިހާރުވަނީ ނިންމާފައެވެ. މި ޓިކެޓުތައް ވިއްކައިގެން ލިބޭ ފައިސާ ފަލަސްޠީނު ޓީމަށް ހަދިޔާ ކުރުމަށް ނިންމައިފައިވާއިރު ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް ވިއްކާ އަގަކީ 1000 ރުފިޔާއެވެ. މިއީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. އަދި 200 ސްވެނިއަރ ގޯލްޑް ޓިކެޓްވެސް ވިއްކުމަށް ހަމަޖެހިފަވާއިރު މިޓިކެޓުގެ އަގަކީ 500 ރުފިޔާއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
