
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޑިޖިޓަލައިޒްކުރުމާއެކު ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކުރައްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ހުރިހާ މުއައްސަސާއެއްގެ ޚިދުމަތްތައް ކަނޑައެޅިފައިވާ މުއައްދަތުގެ ތެރޭގައި ޑިޖިޓަލައިޒްކުރުން މުހިންމު ކަމަށެވެ. އަދި އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންދާއިރު، އެ ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އައިސް، ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބިދޭސީންގެ އައިޑީ ދެނެގަތުމާއި ވިސާ ހެއްދުން ފަދަ ޚިދުމަތްތައް ވަރަށް ބޮޑަށް ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އައިޑީ ޗެކަރގެ ނަމުގައި ތަޢާރަފްކުރެވޭ އެޕްލިކޭޝަނަކީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ފަދަ ތަންތަނަށްވެސް އެކްސެސް ދެވޭނެ އެޕްލިކޭޝަނެއް. ރަށްރަށުގައި ތިބޭ ކައުންސިލްތަކުން ބިދޭސީންގެ ސައިޓް މޮނިޓަރކުރަން އެ ހާލަތުގައި އެ މީހުންނަކީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ މަގެއް ނެތުން. ނަމަވެސް މިކަންކަމަށް ހައްލު ލިބިގެންދާނެ ޑިޖިޓަލައިޒްވުމާއެކު.” ވަޒީރު އިޙްސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބައެއްފަހަރު ބިދޭސީން ނިޔާވެގެން ހޮސްޕިޓަލަށް ގެންދާއިރު، ނުވަތަ ބޭސްފަރުވާގެ ޚިދުމަތް ހޯދާއިރު އެއީ ކާކުކަން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ. މިކަމަށް އެތައް ވަގުތެއް ހޭދަވި ނަމަވެސް، މިހާރު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކާކުކަން ދެނެގަނެވުމުގެ މަގުފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ބޭނުމަކީ ކަރުދާހުގެ ބޭނުމެއް ނެތި ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތްތައް ފުރިހަމަވެގެންދިއުން ކަމަށެވެ. “މީގެ ކުރިން ކުންފުނިތަކާއި އަމިއްލަ ފަރުދުން ޕާސްޕޯޓްތައް ހިފައިގެން އައިސް ކިއުގައި ޖެހި ޚިދުމަތް ހޯދަން އައިސް އުޅޭ މަންޒަރު ފެނޭ. ވިސާ ޖަހަން ޖެހުމުގައި ޕާސްޕޯޓް ދޫކޮށްލަންޖެހޭ. ޕާސްޕޯޓް ގެއްލުމާއި ނެތިގެން ދިއުމާ މިފަދަ ކަންކަން ދިމާވޭ. ޕާސްޕޯޓްއަކީ ވަކިވާންޖެހޭ އެއްޗެއް ނޫން. ކުންފުނިތަކަށާއި ވަކިވަކި ފަރުދުން ދިގު މުއްދަތެއް ވަންދެން ތިބެންޖެހޭ ޚިދުމަތް ނުލިބި.” ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އައު މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށް، އެ ޚިދުމަތުން ފޯރުކޮށްދޭ ޚިދުމަތްތައް އެއް ތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފައެވެ. އަދި ބިދޭސީންގެ އައިޑެންޓިފިކޭޝަން ދެނެގަތުމަށް “އެމް އައިޑީ ޗެކަރ”ގެ ނަމުގައި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަނެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މީގެ އިތުރުން ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ ޚިދުމަތްތައް ލިބިގަތުމަށް “އީ-ވިޒާ”ގެ ނަމުގައި ޚާއްސަ ޚިދުމަތެއްވެސް ތަޢާރަފްކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
