
(ފޮޓޯ ކްރެޑިޓްސް: ޝޯޝަލް މީޑިއާ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވާ ގޮތަށް މާދަމާއިން ފެށިގެން ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް އިތުރު ކުރާ ގޮތަށް ނިންމައިފިއެވެ. ސަރުކާރުން ވިދާޅުވަނީ، މި ބަދަލުތަކާއެކު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްއިން ވަނީ، އެބޭންކުގެ 43 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ބޭރު ޤައުމުތަކުގައި ޑެބިޓް ކާޑު ބޭނުން ކުރާ ލިމިޓްތަކަށް ބަދަލު ގެންނަން ނިންމާފައެވެ.
އެބޭންކުން ވިދާޅުވީ، މި ބަދަލުތަކުގެ ތެރޭގައި ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ޚަރަދު ކުރާ އަދަދު 3000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއާއެކު ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއަށް މިއަދަދުން ހޮސްޕިޓަލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ކާޑު ލިމިޓުތަކަށް މި ބަދަލުތައް އަންނާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ ސެޕްޓެމްބަރު މަހު މ.މުލީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި އިއުލާން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލުތަކަކީ ރައްޔިތުންނަށް ބޭނުންވާ ޑޮލަރު އަގު ބޮޑުކޮށް ގަންނަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ގޮތަށް ގެނެވޭ ބަދަލެއް ކަމަށެވެ. “މިކަންކަމުގެ ސަބަބުން، އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި އުޅެންޖެހޭ ކަންތައްތަކަށް މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް މިކަންކަންވާނެ. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ލިބިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބޭރުގައި ޕީއޯއެސްތަކުގައި ބޭނުންކުރާ ޑޮލަރު ލިމިޓް އިތުރުކޮށްދީފައިވީނަމަވެސް، ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ މިންވަރަށް ބަދަލު ނާންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން މިވަގުތު ނެގެނީ، 125 ޑޮލަރެވެ. މީގެ އިތުރުން ދަރިވަރުންނަށް ދީފައިވާ ލިމިޓްތަކަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓަށް އަންނަމުންދާ ބަދަލުތައް ތަންފީޒުވާން ފަށާނީ، މާދާމާއިން ފެށިގެން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބީއެމްއެލްގެ އަހަރީ ދުވަހަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރީ ދުވަހާއި އެއް ދުވަހެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓުތަކަށް ބަދަލު ގެނެސްފައިމިވަނީ، ސަރުކާރުން ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކުއެވެ. ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް ރާއްޖެއަށް ވަންނަ ޑޮލަރުގެ ކަނޑައެޅިފައިވާ އިންސައްތައެއް މާރުކުރާ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވާއިރު، ބޭންކުތަކުން ދަނީ މީގެ ތެރެއިން ބޮޑު ބައެއް އެމްއެމްއޭއަށް ޖަމާ ކުރަމުންނެވެ. އަދި މި ފައިސާ ބޭންކުތަކަށް ހަމަހަމަ ގޮތެއްގައި ދޫކޮށް ޑޮލަރު ލިބުމުގައި ބޭންކުތަކަށް ހުރި ދަތިތަކައް ހައްލެއް ލިބޭނެހެން އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
